ވިމްބެލްޑަން ފައިނަލްގައި 2022 ވަނަ އަހަރު އިނގިރޭސި ޝާހީ އާއިލާގެ ޕްރިންސެސް ކޭޓް މިޑްލްޓަން ބޭނުން ކުރެއްވި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެންދިޔަ އެވެ.

ހުދު ކުލައިގެ ބޯޅަތަކެއް ޖަހާފައިވާ ނޫ ކުލައިގެ އެ ހެދުން ވެގެން ދިޔައީ މިއަދާ ހަމައަށް ވެސް އާއްމުންނަށް އެންމެ ކަމުދިޔަ ކޭޓްގެ އެއް ހެދުމަށެވެ.

އިނގިރޭސި ޝާހީ އާއިލާގެ ފެންވަރަށް ބަލާއިރު އެ ހެދުމަކީ ވެސް އެތައް ހާސް ޑޮލަރެއްގެ އަގުހުރި ޑިޑައިނާ ހެދުމެއްކަން ހަމަ ޔަގީނެވެ.

އެހެން ނަމަވެސް ކޭޓްގެ މި ހެދުން އަސްލަކަށް ބަލައިގެން ޑިޒައިން ކޮށްފައިވާ އެ ހެދުމުގެ "ކޮޕީ"އެއް އެމޭޒަންގައި އެންމެ 22 ޑޮލަރަށް މިހާރު ލިބެން އެބަހުއްޓެވެ. އެއީ ގާތްގަނޑަކަށް އެންމެ 340 ދިވެހި ރުފިޔާ އެވެ.

މި ހެދުން މިހާތަނަށް ގަތް ގިނަ މީހުން އެ ހެދުމަށް ތައުރީފް ކުރަމުން އަންނައިރު ހެދުން ކަމުނުގޮސްގެން ވެސް ބައެއް މީހުން ޚިޔާލު ފާޅުކޮށްފައި އެބަހުއްޓެވެ.

ކޭޓްގެ ހެދުންތަކަކީ އާއްމު ގޮތެއްގައި މީހުންނަށް ކަމުދާ ހެދުންތަކަކަށްވާއިރު އޭނާގެ ފެޝަން ކޮޕީކުރާ މީހުން ވެސް ދުނިޔޭގައި އުޅެ އެވެ.