ރާއްޖޭގައި އަނެއްކާވެސް ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވި މީހަކީ ދިގު މުއްދަތެެއްގައި ސިފައިންގެއަށް ޚިދުމަތްކުރެއްވި ޢަބްދުއް ލަތީފު ކަމަށް މައުލޫމާތު ލިބެ އެވެ.
ރޭ ފަތިހު 5:30 ހާއިރު އައިޖީއެމްއެޗްގެ އީއާރު އަށް ގެންދިޔަ ލަތީފު މަރުވެފައިވާކަމަށް ނިންމީ ހެނދުނު 6:00 ގަ އެވެ.
މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 63 ވަނަ މީހާ އެވެ. އަދި މާޗު މަސް ފެށުނު ފަހުން ނިޔާވި ފުރަތަމަ މީހާ އެވެ.
އެހެން މަސްތަކާ އަޅާ ބަލާއިރު މިދިޔަ މަހުގައި ކޮވިޑް ބަލީގައި މަރުވި މީހުން ނިސްބަތުން ގިނަ އެވެ.
މިދިޔަ މަހު ރާއްޖޭގައި ކޮވިޑް ޖެހިގެން ޖުމްލަ 10 މީހުން މަރުވެފައިވެ އެވެ.
ކާރިސާ ކޮމިޓީގެ މެންބަރުންގެ އަދަދު ފަހަކަށް މަދުކޮށްފި
ޓައިމްސްގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ރަންބީރު!
ޝިޔާމަށް ފުލުހުންގެ ވަޒީފާ ދިނުމަށް ހައިކޯޓުން ހުކުމްކޮށްފި
