ޔޫރޯ 2024 ގައި ވިދާލި ސްޕޭންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލްގެ ބައްޕައަށް ވަޅިން ހަމަލާދީފި އެވެ.

މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހުގެ ރޭ ބާސެލޯނާ ކައިރި އޮންނަ އަވަށެއް ކަމަށްވާ މަޓާރޯގަ އެވެ.

ކާރު ޕާކިން ލޮޓެއްގައި ޔަމާލްގެ ބައްޕަ މުނީރު ނަސްރުއީ ގަޔަށް އެތައް ފަހަރު ވަޅިިން ހަމަލާދީފައިވެ އެވެ. އަދި ހާދިސާ ހިނގިތާ ވަގުތުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ބާސެލޯނާގެ ނޫސްތަކުން ރިޕޯޓް ކުރި ގޮތުގައި މުނީރުގެ ހާލު ސީރިއަސް ނަމަވެސް ސްޓޭބަލް އެވެ.

މި މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ސްޕެއިންގެ ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް މި ހާދިސާ ހިނގި ސަބަބުން ދެނެގަނެވިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.

ލަމީން ޔަމާލްއަކީ ޔޫރޯ 2024 ގައި ސްޕެއިންގެ އެންމެ ހަގު ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އުމުރުން 16 އަހަރުގައި މޮޅު ކުޅުމެއް ދައްކާ ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މަޓާރޯއަކީ ޔަމާލް ކުޑައިރު ދިރިއުޅުނު އަވަށެކެވެ.