ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގަައި ހުންނެވި އާދަމް ރަމީޒު އެ މަގާމުން ވަކިކުރައްވައިފި އެވެ.

ރަމީޒު މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުން ރަސްމީ ބަހެއް ބުނެފައި ނުވިނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި މަގާމުގައި ތިއްބަވާ ބޭފުޅުންގެ މައުލޫމާތުގެ ތެރޭގައި މިހާރު ރަމީޒުގެ ނަމެއް ނެތެވެ.

ޖޫން މަހުގެ ތެރޭގައި ރަމީޒް ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. ރަމީޒު ސަސްޕެންޑުކުރިއިރު އޭނާ ކުރީގެ އަނބިކަނބަލުން ޝަމްނާޒު އަލީ ސަލީމު ވަނީ ރައީސްއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފަހުން ޝަމްނާޒް ދޫކޮށްލުމަށްފަހު މިހާރު ޕީޖީ އޮފީހުންވަނީ އޭނާއާ ދެކޮޅަށް ދައުވާނުކުރަން ނިންމާފަ އެވެ.

ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވިއިރު ސިޓީ ކައުންސިލުގައި ރައީސްގެ އެންމެ އަރިހުގައި މަސައްކަތްކުރެއްވި ރަމީޒުވަނީ ރައީސް މުއިއްޒުއަށް ރިޔާސީ ޓިކެޓް ހޯއްދަވައިދެއްވަން އެންމެ އިސްކޮށް މަސައްކަތް ކުރައްވާފަ އެވެ. އެދުވަސްވަރު އޭނާ ޕާޓީންވެސް ސަސްޕެންޑް ކުރި އެވެ.