ބްރެޒިލްގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ އިންޒާރާއެކު ސޯޝަލް މީޑިއާ ކުންފުނި އެކްސްގެ ހުރިހާ މުވައްޒަފުން އެ ގައުމުން ބާލައިފި އެވެ.

އެކްސްއިން މި ފިޔަވަޅު އަޅާފައި މިވަނީ ހިޔާލުފާޅުކުރުމުގެ މައްސަލައެއްގައި ފަނޑިޔާރުގެ ބަހަށް އަމަލުނުކޮށްފިނަމަ އެ ކުންފުނީގެ ބައެއް މުވައްޒަފުން ހައްޔަރު ކުރާނެ ކަމަށް އިންޒާރު ދިނުމުންނެވެ.

އެކްސްއިން ބުނީ ބްރެޒިލްގައި އެގައުމުގެ މުވައްޒަފުން އިތުރަށް ހަރަކާތްތެރި ނުވި ނަމަވެސް އެ ޕްލެޓްފޯމްގެ ހިދުމަތް އަދިވެސް އެ ގައުމުގައި ލިބޭނެ ކަމަށެވެ.

މިިދިޔަ އޭޕްރީލް މަހު ވެސް އެކްސްއާ ދެކޮޅަށް ހަމަ އެ ފަނޑިޔާރު މައްސަލައެއް ފައިލްކުރި ނަމަވެސް މިފަހަރުގެ މައްސަލައަކީ ހިޔާލު ފާޅުކުރުމާއި ސެންސާޝިޕްއާ ބެހޭ މައްސަލަ އެކެވެ.

އެކްސްގެ ވެރިޔާ އެލަން މަސްކް ވަނީ މިދިޔަ ހޮނިހިރު ދުވަހު އެ ފަނޑިޔާރާމެދު ހިތްހަމަނުޖެހުން ފާޅުކޮށް އޭނާގެ އެކްސް އެކައުންޓްގައި ގިނަ ޕޯސްޓުތަކެއްކޮށްފަ އެވެ.