ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އުފުލާ އެއް އެއާލައިނުން ބުނީ ޓޫރިސްޓުން ގިނައިން ދަތުރުކުރާ ސީޒަންއާ ދިމާކޮށް ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެ އަށް ހަފުތާއަކު ކުރާދަތުރުގެ އަދަދު 28 އަށް އިތުރުކުރާނެ ކަމަށެވެ.
މިއާއެކު ޖަރުމަނާއި އިޓަލީ އަދި އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރާ ފަރާތްތަކަށް މިހާރު ވަނީ ބުކިން ހެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ
ގަތަރު އެއާވޭސް އިން އިނގިރޭސިވިލާތުގެ ލަންޑަން ފަދަ ފަތުރުވެރިކަމުގެ މަގުބޫލު މަންޒިލްތަކަށް ފްލައިޓް ފްރިކުއެންސީ އިތުރުކުރަން ނިންމާފައިވާއިރު، އޭގެ ތެރޭގައި ދިވެހިރާއްޖެ، މަޔާމީ، އެމެރިކާ އަދި ޖަޕާނުގެ ޓޯކިޔޯ ހިމެނެ އެވެ.
ގަތަރު އެއާވޭސް އިން މިހާރު ވެސް ރާއްޖެއަށް ހަފްތާއަކު 21 ދަތުރު ކުރެ އެވެ.
ޔޫތު މިނިސްޓަރު އަސްވާޑު އިސްތިއުފާ ދެއްވައިފި
ސަމާލުވޭ! ޑެންގޫ ހުމުގެ ނުރައްކާ ބޮޑުވަނީ!
ދެ ދައުވާއެއް ސާބިތުވެ، ސާހިލް 3 އަހަރަށް ޖަލަށް