ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ކިހާ ނުރައްކާތެރި ކަމެއްކަން އެންމެން ވެސް ދަނެ އެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ އެކަން ހުއްޓާލުން ކަމަށް ވިޔަސް ދުންފަތުގެ އިސްތިއުމާލު ކުރުންމަތީ ދެމިހުންނަ ނަމަ ގަވާއިދުން ބައެއް ސިއްހީ ޓެސްޓުތައް ހެދުން މުހިއްމެވެ.
މޭގެ އެކްސްރޭ
މޭގެ އެކްސްރޭއަކީ ދުންފަތުގެ ދުމުން ފުއްޕާމޭއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަންނަން ކުރެވޭ އެންމެ ފަސޭހަ އެއް ޓެސްޓެވެ. ކޮންމެ ހަމަހަކުން މި ޓެސްޓު ހެދުން އެދެވިގެންވެ އެވެ.
ސީޓީ ސްކޭން
ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ބައްޔެއް ކަމަށްވާ ފުއްޕާމޭގެ ކެންސަރުގެ ކުރީކޮޅުގައި ދެނެގަތުމަށް ސީޓީ ސްކޭން އެހީވެދެ އެވެ.
ޕީއެފްޓީ
ޕަލްމަނަރީ ފަންކްޝަން ޓެސްޓްއަކީ ނޭވާލާ ނިޒާމުގެ ހިނގުން އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ދޭތޯ ޗެކްކުރާ ޓެސްޓެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުން ނޭވާ ކުރުވުން ފަދަ ކަންކަން ކުރިމަތިވާއިރު މި ޓެސްޓު ގަވާއިދުން ހަދަންވާނެ އެވެ.
ހަކުރުބަލީގެ ޓެސްޓު
ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަކުރު ބައްޔަށް މަގުފަހި ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާފައިވާއިރު ގަވާއިދުން ޑައަބެޓީސް ސްކްރީނިން ކުރުން މުހިއްމެވެ.
ކިޑްނީ ފަންކްޝަން ޓެސްޓު
ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަކީ ކިޑްނީ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ބައަކަށްވާއިރު ކިޑްނީ ބަލި މާ ގޯސްވުމުގެ ކުރިން އެފަދަ ބައްޔެއް ހުރިތޯ ދެނެގަތުމަށް ކިޑްނީ ފަންކްޝަން ޓެސްޓު ހަދަންޖެހެ އެވެ.