ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ސިންގަޕޫރުގެ ޑެޕިއުޓީ ހައިކޮމިޝަނަރަކަށް ހަމަޖައްސަން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.
ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ކަން ވެސް ކުރެއްވި މުހުތާޒް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކުރިއިރު އަލުން ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރަން އުޅޭ ކަމަށް އަޑު ފެތުރިފައިވެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރިން ކުރެއްވި މުހުތާޒް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މުހުތާޒް ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވެސް ވާދަ ކުރައްވައިފަ އެވެ.
ކޯހީނޫރު އަލިމަސް އަަނބުރާ ދޭން މަމްދާނީ ޗާލްސްއަށް ގޮވާލައިފި
އަލުން ހަމަލާދީފިނަމަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދީފި
ޓޮމާޓޯ ރަނގަޅަށް ކެވޭނަމަ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ