ކުށުގެ ވެއްޓަކަށް މަގުފަހި ކޮށްދިނުމުގެ ތުހުމަތުގައި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓެލެގްރާމްގެ ފައުންޑަރު ޕަވެލް ޑުރޯވް ފްރާންސްގެ ފުލުހުން ހައްޔަރުކޮށްފި އެވެ.

ޕަވެލް ހައްޔަރު ކުރެވިފައިވަނީ ޓެލެގްރާމް މެދުވެރިކޮށް ކުރާ ކުށްތަކަށް މަގުފަހި ކޮށްދޭ ކަމަށް ބުނެ އޭނާ ހޯދަން ނެރެފައިވާ ސާޗް ވޮރެންޓެއްގެ ދަށުންނެވެ.

ޓެލެގްރާމްއަކީ ސެކިއުރިޓީ ފީޗާސް ގިނަ ކަސްޓަމަރުންގެ "ޕްރައިވެސީ"އަށް ހާއްސަ ސަމާލުކަމެއް ދޭ ޕްލެޓްފޯމަކަށް ވާއިރު، އެ ފީޗާސްތަކުގެ ސަބަބުން އޮންލައިން ފޭރުންތައް އަންނަނީ ގިނަވަމުންނެވެ.

ޕަވެލްއާ ދެކޮޅަށް ހުށައެޅިފައިވާ މައްސަލައިގައި ވަނީ ޓެލެގްރާމް މެދުވެރިކޮށް ކުރާ އޮންލައިންތައް ކުށްތައް ހުއްޓުވަން ބޭނުންވާ ވަރަށް މޮޑަރޭޓާސް ނުގެންގުޅޭ ކަމަށެވެ.

ރަޝިއާއަށް އުފަން ފްރާންސްގެ ރައްޔިތެއް ކަމަށްވާ އުމުރުން 39 އަހަރުގެ ޕަވެލްއަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ ޒުވާން ބިލިއަނަރުންގެ ތެރެއިން އެކެކެވެ.

ޓެލެގްރާމްއަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި އެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު އެއް ބިލިއަނަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.