ވިލާމާޓުން ގަބޫލްކުރާ ގޮތުގައި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށާއި ދުޅަހެޔޮކަމާއެކު މަތީ ފެންވަރުގެ ދިރިއުޅުމެއް ހޯދުމަކީ އެންމެ އަސާސީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިގޮތުން ބެލެންސްޑް ޑައިޓާއި ފެންވަރު ރަނގަޅު ކާނާ ބޭނުންކުރުމަކީ ނުރައްކާތެރި ބަލިތައް ޖެހެން މެދުވެރިވާ ސަބަބު ކުޑަވެ، ހަކަތައިގެ މިންވަރު އިތުރުކުރެވި، މީހާގެ ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާން މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

ރާއްޖޭގައި ސިއްހީ މައްސަލަތައް އިންތިހާއަށް އިތުރުވެ. ކަންބޮޑުވުން އިތުރުވެފައިވާ މިފަދަ ދަނޑިވަޅުގައި ސިއްހަތަށް ފައިދާހުރި ކާނާ ލިބޭނެ ގޮތް ހެދުމަކީ ވަރަށް މުހިންމު ކަމެކެވެ.

ވިލާ މާޓްގެ އާ ސްޕެޝަލިޓީ ރެކް ފަރުމާކޮށްފައި ވަނީ ސިއްހަތަށް ފައިދާހުރި އަދި ގިނަ ބަޔަކު ތަހައްމަލްކުރާ ހަކުރުބަލީގެ މީހުންގެ ބޭނުންތަކަށް ހާއްސަ އިސްކަމެއް ދީގެންނެވެ. މި ޚާއްސަ ބައިގައި ޓްރޮޕިކާ ސްލިމް ޑައިބެޓިކް ޝުގާ، މައިބިސްކަޓް ޑައިޖެސްޓިވް ބިސްކޯދު، މުސްލީ، ލެކްޓޯސް ފްރީ ކިރު، ބްރައުން ރައިސް، އަދި ލޯ ފެޓް ޔޯގަޓް ފަދަ ނިއުޓްރިޝަނަލް ޕްރޮޑަކްޓްތަކުގެ ކިއުރެޓް ސެލެކްޝަނެއް ހިމެނެ އެވެ.

ވިލާ މާޓްގައި ހުންނަ ސްޕެޝަލިޓީ ހެލްތީ ރެކް. މި ޚާއްސަ ބައިގައި ޓްރޮޕިކާ ސްލިމް ޑައިބެޓިކް ޝުގާ، މައިބިސްކަޓް ޑައިޖެސްޓިވް ބިސްކޯދު، މުސްލީ، ލެކްޓޯސް ފްރީ ކިރު، ބްރައުން ރައިސް، އަދި ލޯ ފެޓް ޔޯގަޓް ފަދަ އުފެއްދުންތައް ލިބެން ހުރޭ. ފޮޓޯ: ވިލާ މާޓް

މީގެ އިތުރުން، ކަސްޓަމަރުންނަށް މުހިންމުވާ ތަކެތި ލިބޭނެކަން ކަށަވަރުކޮށްދީ، ސިއްހަތަށް ފައިދާހުރި އެހެން ގިނަ ބާވަތްތައް އެ ފިހާރައިން ފޯރުކޮށްދެ އެވެ. މި އިސްނެގުމުގެ ބޭނުމަކީ ހަމައެކަނި ފައިދާ ހުރި ބާވަތްތަކެއް ފޯރުކޮށް ދިނުމެއް ނޫން ކަމަށާއި ކޮންމެ ދުވަހެއްގެ ގްރޮސެރީ ޝޮޕިންގައި ސިއްހަތަށް ސަމާލުކަންދޭ އުފެއްދުންތައް ފޯރުކޮށްދީ ބާޒާރުކުރުމުގައި ތަފާތު ތަޖުރިބާއެއް އެ ފިހާރައިން ހޯދައިދިނުމެވެ.

މާލެ ސަރަހައްދުގެ ފަސޭހަ ފަސް ތަނެއްގައި ވިލާ މާޓްގެ ފިހާރަ ހުރެ އެވެ. މިގޮތުން މާލޭގައި ހަތަރު އައުޓްލެޓް އަދި ހުޅުމާލޭ ފޭސް 2 ގައި އެއް އައުޓްލެޓް ހުރެ އެވެ. ވިލާ މާޓަކީ ބާޒާރުކޮށްލަން ފަސޭހަ އަދި ކެއިންބުއިމަށް ބޭނުންވާ ގިނަ ސާމާނު ފަސޭހައިން ގަންނަން ލިބޭ ތަނެކެވެ.

ކަސްޓަމަރުންގެ ޚިދުމަތާއި ހިތްހަމަޖެހުމަކީ ވިލާ ޓްރޭޑިންގެ ކާމިޔާބީގެ އަސްލެވެ. އަދި އެ ކުންފުނީގެ ކަސްޓަމަރުންގެ ލުއިފަސޭހައަކަށް، ވިލާ މާޓްގެ ވެބްސައިޓް މެދުވެރިކޮށް، ފަސޭހަކޮށް ވިޔަފާރިކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވެ އެވެ.

ހަކުރު ބަލީގެ ހާއްސަ މީހުންނަށް ވިއްކާ އުފެއްދުންތަކެއް ވިލާ މާޓްގެ ސްޕެޝަލިޓީ ހެލްތީ ރެކްގައި ބަހައްޓާފައި. ފޮޓޯ: ވިލާ މާޓް

އެ ވެބްސައިޓަކީ ވިލާ މާޓުން ލިބެންހުރި އުފެއްދުންތަކާ ބެހޭ މައުލޫމާތުގެ އިތުރުން އީ-ކޮމާސް ތަޖުރިބާކުރެވޭ ގޮތަށް އުފައްދާފައިވާ ވެބްސައިޓެކެވެ.

ވެބްސައިޓްގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އެޕް ސްޓޯރާއި ގޫގުލް ޕްލޭ ސްޓޯރުން ވިލާ މާޓްގެ އެޕްލިކޭޝަން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.