މުނިފޫހި ފިލުވުމުގެ ދާއިރާގައި އުޅޭ ގިނަ ފަންނާނުންނަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޕްލާސްޓިކް ސާޖަރީ ހެދި ބައެއް ނަމަވެސް ގިނަ ތަރިންނަކީ އެކަން ވަރަށް ފޮރުވައިގެން އުޅޭ ތަރިންނެވެ. މި ލިޔުމުގައި މި ބަލާލަނީ ޕްލާސްޓިކް ސާޖަރީ ހެދިކަމަށް ފާޅުގައި އެއްބަސްވެފައިވާ ހޮލީވުޑްގެ ބައެއް މަޝްހޫރު ތަރިންނަށެވެ.
ސެލީނާ ގޯމޭޒް
ސެލީނާ ހަދާފައިވާ ޕްލާސްޓިކް ސާޖަރީތައް ކަމަށް ބުނެ ޓިކްޓޮކްގައި އާއްމުކޮށްފައިވާ ވީޑިއޯއަކަށް ރައްދު ދެމުން އޭނާ ވަނީ ބޮޓޮކްސް ހެދި ކަމަށް އެއްބަސްވެފަ އެވެ.
މޭގަން ފޮކްސް
މޭގަންއަކީ އަބަދުވެސް އޭނާގެ ޕްލާސްޓިކް ސާޖަރީތަކުގެ ވާހަކަ ދައްކާ ފަންނާނެކެވެ. އެގޮތުން އުމުރުން 21 އަހަރުގައި އުރަމަތި ބޮޑުކުރަން ސާޖަރީއެއް ހެދި ކަމަށް މޭގަން ބުންޏެވެ.
ކިމް ކާޑޭޝަން
ކާޑޭޝަންސްގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުން ކިމް ބުނެފައިވަނީ އޭނާގެ ބޮޓޮކްސް އިންޖެކްޝަންތަކުގެ ސަބަބުން އެކްޓު ކުރުމުގެ ހުނަރަށް ބުރޫ އަރާފާނެ ކަމަށެވެ.