ހިކަނދި ފަތަކީ އަހަރުމެން ދިވެހިންގެ ކެއްކުމުގައި އާއްމު ބާވަތެކެވެ. ކެއުންތަކުގެ ރަހަ މީރު ކޮށްދޭ މިފަތަކީ އޭގައި ގިނަ ފައިދާތަކެއް ވެސް އެކުލެވޭ ފަތެކެވެ. އެގޮތުން ބަރުދަން ލުއި ކުރުމަށް އެހީވުމަކީ މީގެ ތެރެއިން އެއް ފައިދާ އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ހިކަނަދި ފަތުގައި އެކުލެވޭ ގިނަ މާއްދާތަކުން ހަށިގަނޑުގައި ހުންނަ ސަރުބީތައް ވަރަށް ހަލުވިކަމާއެކު ވިރުވައިދެ އެވެ.

މިދިރާސާގައި ބުނެފައިވާ ގޮތުން ކަސްރަތު ކޮށްގެން ބަނޑުގައި ހުންނަ ސަރުބީތައް ވިރުވާލައި ބަރުދަން ލުއިކޮށްދޭ ފަދައިން ހިކަނދިފަތުން ވެސް ސަރުބީ ވިރުވައިދެ އެވެ.

ގުދުރަތީ ބޭސްތައް ބޭނުން ކޮށްގެން ބަލިތަކަށް ފަރުވާކުރާ މާހިރުން ބުނެފައިވަނީ، އަތުން ނަގާލެވޭހާ ހިނަދި ފަތްކޮޅެއް ހެނދުނު ހުސްބަނޑާ ހުރެ ރޮލަށް ކެއުމުން ހަކުރުބަލި، ފަލަބަލި، އަދި ކޮލެސްޓްރޯލް ބައްޔަށް ލުއި ލިބޭ ކަމަށެވެ.

އެއާއެކު ހަޖަމްގެ ނިޒާމް ރަނގަޅުކޮށް ދިނުމުގެ އިތުރުން ކުޑަގޮހޮރާއި ބޮޑު ގޮހޮރު ސާފުކޮށްދީ އެއްވެސް މައްސަލައެއް ގޮހޮރުގެ ފާރަށް ދިމާވެފައިވާނަމަ ފަރުވާ ލިބޭ ކަމަށް މިދިރާސާގައި ސިއްޙީ މާހިރުން ބުނެފައިވެ އެވެ. އަދި މިފަތުގައި އެކުލެވޭ ގިނަ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ގޮހޮރުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެ އެވެ.

ހިކަނދި ފަތުގައި ހުންނަ "މަހަނިމްބައިން، ކިޔާ މާއްދާއަކަށް ހަށިގަނޑުގައި ހުންނަ ފެޓްސް އަންދާލުމުގެ ބާރު ލިބިގެންވާއިރު އެއިން ހަށިގަނޑުގައިވާ ލިޕިޑް ލެވެލް އަދި ޓްރިގްލައިސެރައިޑް އުފެއްދުން ހުއްޓުވަ އެވެ. މީގެ އިތުރުން އެންމެ އަވަހަށް ފެޓްސް އުފައްދާ ގުލްކޯޒްގެ މިންވަރު ހަށިގަނޑުން ދަށްކޮށްދެ އެވެ.

ސަރުބީ ވިރުވާލުމަށް ހިކަނދިފަތް ބޭނުން ކުރާނީ ކިހިނެއް؟

ތަވަޔަކަށް އެއްތަށި ފެން އެޅުމަށްފަހު ހޫނުކުރާށެވެ. ފެން ކެކިގަތުމުން 10-15 ހިކަނދިފަތް ކެކިކެކި ހުރި ފެނަށް އަޅާށެވެ. ދެން ރަނގަޅަށް ކެކުމުން އުނދުން ނިއްވާލާށެވެ. މިފެން ހިހޫވުމުން ބޯލާށެވެ. ކޮންމެ ދުވަހަކު ހެނދުނު މިގޮތަށް ފެން ތައްޔާރުކޮށްގެން ނަތީޖާ ނުކުންނަން ދެން ބޭނުން ކުރާށެވެ. ބޭނުމިއްޔާ މިފެނަށް ލުނބޯ ހުތް އަދި މާމުއި އެއްކޮށްލެވިދާނެ އެވެ.