ހުޅުމާލޭގައި ރޭ ފަތިހު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
އެ އެކްސިޑެންޓް ހިނގާފައިވަނީ ސެންޓްރަލް ޕާކު ކައިރީ ހުންނަ އުރީދޫ އިމާރާތް ކުރިމަތިންނެވެ. މި ހާދިސާގައި ނިޔާވީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރެއް ކަމަށްވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވައިފައި ދިޔަ ކާރެއްގައި ސައިކަލެއް ޖެހިގެންނެވެ.
މި އެކްސިޑެންޓްގައި ކާރު ޖެހުނުލެއް ބާރުކަމުން ސައިކަލު ދުއްވަން އިން ޒުވާނާ ސައިކަލާއެކު ވެއްޓި ބޮލަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ. އަދި އޭނާ މަރުވީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ކަމަށްވެ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
ރާއްޖޭގައި އަލަށް "ނެނޯ ނީޑަލް" ސާޖަރީ ކުރަން ފަށައިފި
މަޖިލީހުގެ ނައިބު ރައީސް ކަމަށް ސަލީމްގެ ނަން
16 އަހަރުން ދަށުގެ ކުދިންނަށް ވަކި އެޕްތަކެއް މަނާކުރަނީ