މަޝްހޫރު ސިޓްކޮމް "ފްރެންޑްސް"ގެ ތަރި މެތިއު ޕެރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރުވި ފަހުން އޭނާއާ އެންމެ ގާތްކޮށް އެ ޝޯގެ ތެރެއިން އުޅުނު މެޓް ލެ ބްލޭންކް އާއްމުކޮށް ފެނުން ވަރަށް މަދުވި އެވެ.

އެހެން ނަމަވެސް ދާދި ފަހުން ލޮސް އެންޖެލަސްގެ މަގުމަތިން މެޓް ފެނިފައިވާއިރު އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ.

އެގޮތުން އެންމެ ފަހުން ފެނުނުއިރަށްވުރެ ހަށިގަނޑުން ބިޔަވެ ލޮޑު ގޮތެއް މެޓްގެ ކިބައިން ފެނުނުއިރު ސަޕޯޓަރުން އަންނަނީ އޭނާގެ ސިއްހަތާމެދު ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު، އުމުރުން 57 އަހަރުގެ މެޓް މަގުމަތިން ފެނުނުއިރު މި ފެނިލުމަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އާއްމު ތަނަކުން އޭނާ ފެނުނު ފުރަތަމަ ފަހަރެވެ.

މެޓް ލެ ބްލޭންކް

މެތިއުއާއި މެޓްއަކީ ފްރެންޑްސް ކުރިއަށް ދިޔަ ދުވަސްވަރާއި އޭގެ ފަހުން ވެސް ވަރަށް ގާތްކޮށް އުޅުނު ދެ ރަހުމަތްތެރިންނަށް ވާއިރު މެތިއުގެ މަރާއެކު މެޓްއަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރަކުން 2004 އަށް ކުރިއަށް ދިޔަ ފްރެންޑްސްގައި "ޖޯއީ ޓްރިބިއާނީ"ގެ ރޯލުން ފެނިގެންދިޔަ މެޓް 2020 ވަނަ އަހަރު ރިލީޒްކުރި ފްރެންޑްސްގެ ރީޔޫނިއަންގައި ވެސް އެ ޝޯގެ އެހެން ތަރިންނާއެކު ވަނީ ފެނިފަ އެވެ.

ފްރެންޑްސްގެ ތަރިންގެ ތެރޭގައި މެޓްއާއި މެތިއުގެ އިތުރުން ދެން ހިމެނެނީ ޑޭވިޑް ޝްވިމާ، ޖެނިފާ އެނިސްޓަން، ކޯޓްނީ ކޮކްސް އަދި ލީސާ ކުޑްރޯ އެވެ.