ޑޮލަރު ވިއްކުމުގެ ނަމުގައި މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެކި ފަރާތްތަކުން ހިންގަމުންދާ ސްކޭމްތަކަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު ބުނެފައިވަނީ ޑޮލަރު މާރުކޮށްދޭކަމަށް ބުނެ ސްކޭމްކުރުން އިތުރުވަމުންދާ ކަމަށެވެ. އަދި މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރަންވާނީ އިތުބާރުހުރި، ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ އެކުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ ތާށިކަމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރު ވިއްކުމުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. ޓެލެގްރާމް، ފޭސްބުކް އަދި ވައިބާ ފަދަ އޮންލައިން ޕްލެޓްފޯމްތަކުގައި މިފަދަ ސްކޭމްތައް ހިންގުން ދަނީ ރާއްޖޭގައި އާއްމުވެފަ އެވެ.
މިދިޔަ ހަފްތާގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ޑޮލަރު ކަޅު ބާޒާރުގައި ވިއްކަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.
"އެވެންޖާސް: ޑޫމްސްޑޭ"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި
އީރާނާ ގުޅޭ ގޮތުން ޓްރަމްޕް ހައްދަވަނީ ދޮގު: ގާލީބާފް
މަސްދޯނިފަހަރަށް ތެޔޮ ނުލިބޭ ވާހަކަ ޝިޔާމް ދޮގުކުރައްވައިފި
