މިއަދު ޖުމްލަ 98 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، 6،941 މީހަކު ވެކްސިން ޖަހައިފި އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު މާލެއިން 78 މީހަކު، އަތޮޅުތެރެއިން ހަ މީހަކު، ރިސޯޓްތަކުން ޖުމްލަ 14 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދުގެ 98 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 20،663 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،613 ގައި މިހާރު ހުރިއިރު 17،979 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މިހާތަނަށް މި ބަލީގައި 63 މީހަކު ވަނީ މަރުވެފަ އެވެ.

މިއަދު ވެކްސިން ޖެހި މީހުންގެ ތެރެއިން 2،154 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. ބާކީ 4،787 މީހުންނަކީ އަތޮޅުތެރެއިން ވެކްސިން ޖެހި މީހުންނެވެ.

މިހާތަނަށް މުޅި ރާއްޖެއިން 145،768 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. އޭގެތެރެއިން 87،045 މީހުންނަކީ މާލެ އިން ވެކްސިން ޖެހި މީހުންނެވެ. އަތޮޅު ތެރެއިން ވެކްސިން ޖެހީ ޖުމްލަ 58،723 މީހުންނެވެ.