ސިއްހީ ސަބަބުތަކާހެދި ދަރިން ލިބުމުގެ ނަސީބުން މަހުރޫމްވެފައިވާ ކަމަށް މަޝްހޫރު ލަވަކިއުންތެރިޔާ ސެލީނާ ގޯމޭޒް ހާމަކޮށްފި އެވެ.

"ވެނިޓީ ފެއާ" މަޖައްލާއަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސެލީނާ ބުނީ އޭނާގެ ސިއްހީ ހާލަތުގެ ސަބަބުން މާބަނޑުވެއްޖެ ނަމަ ހުދު އޭނާއަށާއި ދަރިފުޅަށް ވެސް ނުރައްކާ ވާނެ ކަމަށެވެ.

ފުރަތަމަ އެ ހަބަރު ލިބުމުން ހިތްދަތިވެ ނަފްސާނީ ގޮތުން ވެސް އޭނާއަށް ވަރަށް ބޮޑު އަސަރެއް ކުރި ކަމަށާއި އެހެން ނަމަވެސް މިހާރު އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ވެސް ސެލީނާ ބުންޏެވެ.

މި ހުރަސްތަކާއެކު ވެސް ދަރިން ހޯދުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެއްކަން ފާހަގަކުރަމުން ސެލީނާ ވަނީ އެކަން ކުރަން ގިނަ ގޮތްތަކެއް މަގުފަހިވެފައިވާ ކަމަށެވެ.

"އަހަރެން ކަހަލަ މީހުންނަށް ސަރޮގެސީއާއި ގާނޫނީ ބަލަދުވެރިކަން ދޭން ބޭނުންވާ ދީލަތި މީހުން އުޅޭކަން އުފަލާއެކު ފާހަގަ ކުރަން،" ސެލީނާ ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު ސެލީނާ އޭނާގެ މަސައްކަތްތަކުން ދުވަސްކޮޅަކަށް ދުރަށް ދިއުމުން އޭނާގެ ސިއްހަތާ ބެހޭ ގޮތުން އެކި ވާހަކަތައް ދެކެވެން ފެށުނެވެ. އެހެން ނަމަވެސް ސެލީނާ ވަނީ އޭނާ "ލުޕުސް"އަށް ފަރުވާ ހޯދަމުން އަންނަކަން ހާމަކޮށްފަ އެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން ސެލީނާ އޭނާގެ ސިއްހީ ހާލަތާ ބެހޭގޮތުން ވާހަކަ ދައްކާފައިވާއިރު ނަފްސާނީ އަދި ޖިސްމާނީ ސިއްހަތުގެ ހޭލުންތެރިކަން އިތުރު ކުރަން ވެސް އޭނާ މަސައްކަތްތަކެއް ކޮށްފައިވެ އެވެ.