ބޮލީވުޑްގެ އެކްޓަރު އަދި އިންޑިއާގެ މަޖިލިސް މެމްބަރު ކަންގަނާ ރަނޯޯޓްގެ މައްސަލަ ބޮޑުވެފައިވާ ގެ އެންމެ ފަހުން ވިއްކާލައިފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި މުމްބާއީގެ ޕަލީ ހިލްގައި ހުންނަ އެ 3،042 އަކަފޫޓުގެ ކަންގަނާ ވިއްކާލާފައިވަނީ 32 ކްރޯޑް އިންޑިއާ ރުޕީސް އަށެވެ.

ކަންގަނާގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނި މަނިކަރްނިކާ ފިލްމްސްގެ އޮފީހެއްގެ ގޮތުގައި ވެސް ބޭނުންކުރި އެ ގެ ކަންގަނާ ގަނެފައިވަނީ 2017 ވަނަ އަހަރު 20.7 ކްރޯޑް ރުޕީސްއަށެވެ.

އޭގެ ފަހުން 2022 ވަނަ އަހަރު އެ ގެ ރަހުނު ކޮށް ކަންގަނާ ވަނީ 27 ކްރޯޑް ރުޕީސްގެ ލޯނެއް ނަގާފަ އެވެ. އެ އަހަރު ސިޔާސީ މައްސަލައެއްގައި ބްރިހަންމުމްބާއީ މުނިސިޕަލް ކޯޕަރޭޝަންއިން އެގޭގެ އެއްބައި ހަލާކުވެސް ކޮށްލާފައިވެ އެވެ.

https://www.instagram.com/p/CAo3co2AorA/?utm_source=ig_embed&ig_rid=38594bcf-3fb6-4f0c-9b68-ff466f77187a&img_index=4

މިދިޔަ މަހުގެ ތެރޭގައި ހަމަ އެ ގެ 40 ކްރޯޑް ރުޕީސްއަށް ވިއްކާލަން ބާޒާރުގައި އިއުލާން ކޮށްފައިވާ ކަމަށާއި ބައެއް ފަރާތްތަކުން އެ އަގުގައި ގެ ގަންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ވެސް ހަބަރުތައް ބުންޏެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކަންގަނާގެ ކުރިއަށް އޮތް ފިލްމު "އެމަޖެންސީ"އަށް އިންޑިއާގެ ސެންސަ ބޯޑުގެ ސެޓްފިކެޓް ނުލިބުމުން އެ ފިލްމު ރިލީޒްކުރުން ވަނީ ފަސްކުރެވިފަ އެވެ.

"އެމަޖެންސީ"އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ޒާތީ ދިރިއުޅުމާއި ސިޔާސީ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ބައޮގްރަފިކް ފިލްމެކެވެ.