ސަލްމާން ޚާންއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި ތަރިންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާގެ މިލްކިއްޔާތުގައި އަގުބޮޑު ގެތަކާއި ކާރުތަކުގެ އިތުރުން އެހެނިހެން ތަކެތިވެސް ވެއެވެ.

އެންމެ ފަހުން މީޑިއާގެ ސަމާލުކަން ހުއްޓިފައި މިވަނީ މުމްބާއީގައި ބޭއްވި އިވެންޓެއްގެ ތެރެއިން ސަލްމާންގެ އަތުގައި އަޅާފައި އޮތް ގަޑިއަކަށެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ސަލްމާންގެ އަތުގައި އޮތް ޖޭކޮބް އެންޑް ކޯ ލަގްޒަރީ ބްރޭންޑްގެ ބިލިއަނާ ތިނެއްގެ ގަޑިއެއް ކެމެރާއަށް ދައްކާލާ މަންޒަރެވެ.

އެ ގަޑިއަކީ ހުދު މުތާއި އެހެނިހެން ޖަވާހިރުގެ 714 އެތިކޮޅު ބޭނުން ކޮށްގެން އުފައްދާފައިވާ އަގުބޮޑު ގަޑިއެކެވެ. އެ ގަޑީގެ އަގަކީ ގާތްގަނޑަކަށް 41.5 ކްރޯޑް ރުޕީސް އެވެ.

https://www.instagram.com/reel/C_vetojpsf-/?utm_source=ig_embed&ig_rid=6d90e252-b9d6-4605-a077-cf0fcf0dd181

އެހެން ނަމަވެސް މި ގަޑިއަކީ އަސްލު ސަލްމާންގެ ގަޑިއެއް ނޫނެވެ. އެއީ އެ ހަފްލާއަށް އައި ޖޭކޮބް އެންޑް ކޯގެ ކްރިއޭޓިވް ޑިރެކްޓަރު ޖޭކޮބް އަރާބޯގެ ގަޑި އެކެވެ.

ޖޭކޮބް އާއްމުކޮށްފައިވާ އެ ވީޑިއޯގައި އޭނާ ސަލްމާންގެ އަތުގައި ގަޑި އަޅުވައިދޭއިރު އެއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫން ކަމަށް ބުނާ އަޑު އިވެ އެވެ.

ސަލްމާން އެ ގަޑި އެޅުމުން އޭގެ އަގު ކުރިއަށްވުރެ ވެސް ބޮޑުވެފައިވާ ކަމަށް އެ ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނެފައިވެ އެވެ.