މަޝްހޫރު އިނގިރޭސި ރެޕް ލަވަކިޔުންތެރިޔާ ކާޑިބީއާއި އޭނާގެ ކުރީގެ ފިރިމީހާ އޮފްސެޓް އެކުގައި ތިންވަނަ ދަރިއަކަށް މަރުހަބާ ކިޔައިފި އެވެ.

ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓެއްގައި ކާޑިބީ ވަނީ އަލަށް އުފަންވި އަންހެން ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއަކާއި ތިން ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއްވެސް ހިއްސާ ކޮށްފަ އެވެ.

ކާޑިބީ ވިހާފައި މިވަނީ އޭނާގެ ފިރިމީހާ އޮފްސެޓްގެ ކިބައިން ވަރިއަށް އެދުނުތާ އެއް މަސް ފަހުންނެވެ. ތިންވަނަ ދަރިފުޅަށް ބަލިވެ އިންކަން އޭނާ އިއުލާން ކުރީ ވެސް ވަރިއަށް އެދުމަށްފަހު އެވެ.

ކާޑިބީއާއި އޭނާގެ އާއިލާ

އެހެން އަންހެނަކާއެކު އޮފްސެޓް ގުޅުން ބޭއްވި ކަމަށް ބުނެ މީޑިއާގައި އަޑު ފެތުރުނުއިރު އެ ދެމީހުންގެ މައްސަލަ ޖެހުނު ސަބަބަކީ އެއީ ކަމަށްވެސް ބުނެވެ އެވެ.

އެހެން ނަމަވެސް ކާޑިބީއާއި އޮފްސެޓް އަންނަނީ އެމީހުންގެ ދަރިންނަށްޓަކައި އެއްތަން ވަމުންނެވެ. ދާދި ފަހުން އޮތް އެ ދެމީހުންގެ ދެވަނަ ދަރިފުޅުގެ އުފަން ދުވަހުގެ ޕާޓީއިން އޮފްސެޓް ފެނުނުއިރު އޭނާ ވަނީ ކާޑިބީއާއެކު ހޮސްޕިޓަލުގައިވެސް އުޅެފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ވަރިއަށްފަހު ދަރިންގެ ބަލަދުވެރިކަމަށް ކާޑިބީ އެދިފައިވާއިރު އެއާއެކު އޮފްސެޓްގެ ފަރާތުން "ޗައިލްޑް ސަޕޯޓް"އަށް ވެސް އޭނާ އެދިފައިވެ އެވެ.