ހދ އަތޮޅުގެ އާބާދީ އެންމެ މަދު ރަށް ކަމަށްވާ ހިރިމަރަދޫގެ ހުރިހާ ރައްޔިތުން ތުލުސްދޫއަށް ބަދަލުވާން އެދޭނަމަ އެކަމަށް މަރުހަބާ ކިޔާނެކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ހިރިމަރަދޫގެ ރައްޔިތުން ތުލުސްދޫއަށް ބަދަލުވުމަށް އެދިފައިވާ ކަމަށް މިމަހުގެ 10 ވަނަ ދުވަހު ހިރިމަރަދޫ ކައުންސިލާއި ބައްދަލު ކުރެއްވުމަށްފަހު ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެފައިވެ އެވެ.

ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ އޮންލައިން ނޫސް "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގަ ވިދާޅުވެފައި ވަނީ ހިރިމަރަދޫ ރައްޔިތުން ތުލުސްދޫއަށް ބަދަލުވާނަމަ ބަދަލުވާން އެދެނީ އެ ރަށުގެ ހުރިހާ ރައްޔިތުން އެއްކޮށްކަމަށެވެ.

އޭނާ ވިދާޅުވީ ތުލުސްދޫއަކީ ކ. އަތޮޅުގެ ވެރިކަން ކުރާ ރަށަށްވީ ނަމަވެސް އާބާދީގެ ގޮތުން މާބޮޑު ރަށަކަށް ނުވާތީ ރަށް ތަރައްގީކުރަން އަދި ރަށުން ވީހާވެސް ގިނަ ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހާމަޖެއްސުމަށް ގޮންޖެހުންތަކެއް ހުރި ކަމަށެވެ. އެހެންކަމުން ރަށުގެ އާބާދީ އިތުރުކުރުމަށް ހިރިމަރަދޫ ރައްޔިތުންނަށް މަރުހަބާ ކިޔާނެކަމަށެވެ.

އެންމެ ފަހުގެ ބޯހިމެނެމުގެ ނަތީޖާއިން ދައްކާގޮތުގައި ހިރިމަރަދޫގެ އާބާދީއަކީ 293 މީހުންނެވެ.މި ސަރުކާރުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި އާބަން ސެންޓަރުތައް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކުދި ރަށްރަށުގެ ރައްޔިތުން އެފަދަ ރަށްތަކަށް ބަދަލުވުމަށް ބޭނުންވާނަމަ އެ ފުރުސަތު ދެއްވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.