އައްބާސް ޝަރީފު މިހާރު ހުންނެވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގަ. އެއީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައީސް މުއިއްޒު އައްޔަންކުރެއްވި ސިޔާސީ މަގާމެއް. އައްބާސް ވަނީ 2011 އިން 2015 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައި.

ރައްޔިތުން މަޖިލީހުގެ ދައިރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ މަދާމާ ހެނދުނު ބޭއްވުމަށް ތާވަލުކޮށް، ޕީޖީކަމަށް އައްޔަންކުރުމަށް އައްބާސް ޝަރީފްއަށް ރުހުން ދިނުމަށް ވޯޓަށް އެހުން އޮންނާނެ ކަމަށް މަޖިލިސްގެ ބައެއް މެންބަރުން ބުނެފި އެވެ.

ހުސްވެފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރުމަށް މިމަހުގެ 11 ވަނަ ދުވަހުވެސް މަޖިލީހުން ވަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާފަ އެވެ. އެގޮތުން އެ މަގާމަށް އައްޔަންކުރުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި، އައްބާސްގެ ނަން މަޖލިހަށް އިއްވާ ދިރާސާކުރުމަށް ޖުޑިޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފަ އެވެ.

ކޮމިޓީން ވަނީ އައްބާސް ޝަރީފާ ގުޅޭ އެއްވެސް ޝަކުވާއެއް އޮތްނަމަ ހުށައަޅަން ހުޅުވާލާފަ އެވެ. އެ ފުރުސަތު މާދަމަ މެންދުރު 12:00 އަށް ހަމަވާނެ އެވެ.

މާދަމާ ހެނދުނު 9:00 ގައި އޮންނަ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މިއަދުގެ އިސްމާއިލް ނިޒާރު ހުށަހަޅާފައިވާ ކުންފުނީގެ ގާނޫނަށް ގެންނަ އިސްލާހަށް ބަހުސްކުރުމާއި ވޯޓަށް އަހަންޖެހޭ ކަންކަމަށް ވޯޓަށް އެހުމެވެ.

މާދަމާގެ ވޯޓުގެ ވަގުތުގައި އައްބާސް ޝަރީފަށް ރުހުން ދިނުމަށް ވޯޓަށް އަހާނެކަމަށް މަޖލީހުގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އައްބާސް ޝަރީފު މިހާރު ހުންނެވީ ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ލީގަލް އެންޑް ޕާލަމެންޓްރީ އެފެއާޒްގެ މަގާމުގަ އެވެ. އެއީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ރައީސް މުއިއްޒު އައްޔަންކުރެއްވި ސިޔާސީ މަގާމެކެވެ. އައްބާސްވަނީ 2011 އިން 2015 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފަ އެވެ