އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ދެ ތަރިން ކަމަށްވާ އަދިތީ ރާއޯ ހައިދަރީ އާއި ސިދްހާތު ކައިވެނި ކޮށްފި އެވެ.
އަދިތީއާއި ސިދްހާތު ކައިވެނި ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު އޮތް މަރާތީ ކައިވެނި ހަފްލާއެއްގައި ދެ ފަރާތުގެ އާއިލާއާއި ރައްޓެހިންގެ ހާޒިރުގަ އެވެ.
ކައިވެންޏަށްފަހު އިއްޔެ އެ ދެމީހުންގެ ސޯޝަލް މީޑިއާގައި އެކަން ވަނީ ރަސްމީކޮށް އިއުލާން ކޮށްފަ އެވެ. އެ ޕޯސްޓުގައި އެމީހުންގެ ކައިވެނީގެ ބައެއް ފޮޓޯތައް ވެސް ހިމަނާފައިވެ އެވެ.
އަދިތީއާއި ސިދްހާތު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބޮލީވުޑްގައި އަޑު ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ. މި އަހަރުގެ ކުރީކޮޅު އެ ދެމީހުން އެންގޭޖް ވެފައިވާ ކަމަށް ވެސް ހަބަރުތައް ބުންޏެވެ.
އަދިތީއަކީ ބޮލީވުޑްގެ ފިލްމުތަކުން އާއްމުކޮށް ފެންނަ މޫނަކަށް ވާއިރު ސިދްހާތު ގިނައިން ފެންނަނީ ތަމިލް އަދި ތެލުގޫ ފިލްމުތަކުންނެވެ.
އަދިތީ އާއި ސިދްހާތުގެ ކައިވެންޏާއެކު ބޮލީވުޑް ތަރިންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް އަންނަނީ އެ މީހުންނަށް މަރުހަބާ ކިޔަމުންނެވެ.