ޖެނިފާ ލޮޕޭޒް އާއި ބެން އެފްލިކްގެ ކައިވެނި ރޫޅި ވަރީގެ ކަންތައްތައް ކުރިއަށްދާ މި ދަނޑިވަޅުގައި ޖެނިފާގެ އެންމެ ފުރަތަމަ ފިރިމީހާ އޭނާއަށް ނަސޭހަތެއް ދީފި އެވެ.

ޑެއިލީ މެއިލްއަށް ދިން އިންޓަވިއުއެއްގައި އޮޖާނީ ނާއޯ ބުނީ އިތުރު ކައިވެންޏަކަށް "ފުންމާލުމުގެ" ކުރިން ޖެނިފާ އެކަނި ދުވަސްކޮޅެއް ހޭދަ ކުރަންޖެހޭ ކަމަށެވެ.

"އޭނާއަކީ ރީތި އަންހެނެއް. ރަނގަޅު ކެރިއަރެއް ވެސް އެބައޮތް. އިތުރު ގުޅުމަކަށް ފުންމާލުމުގެ ކުރިން އަމިއްލަ ނަފްސަށް ވަގުތު ދިނުން މުހިއްމު،" އޮޖާނީ ބުންޏެވެ.

އޮޖާނީ ބުނީ އޭނާ އާއި ޖެނިފާ ކައިވެނި ކޮށްގެން އުޅުނު ދުވަސްވަރު ވެސް މައްސަލަތައް ޖެހުން ގިނަ ކަމަށާއި އެހެން ކަމުން ބެންގެ ހާލަތު އޭނާއަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"އަހަރުމެން އެކުގައި އުޅުނުއިރު ވެސް ހިތުގައި އޮތް އެއްޗެއް ބޭރަށް ނުދައްކާ އުޅެން ޖެހުނު. ބެންގެ ކިބައިން ވެސް ފެންނަނީ ހަމަ އެ މަންޒަރު،" އޮޖާނީ ބުނެފައިވެ އެވެ.

އެއާއެކު ރަނގަޅު ހަޔާތުގެ ބައިވެރިއެއް ލިބިއްޖެނަމަ އެކަން ފާޅު ނުކޮށް ކައިވެނި މަޑު ޖައްސާލަން ވެސް އޮޖާނީ ޖެނިފާއަށް ލަފާދީފައިވެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ކައިވެނިކުރި އޮޖާނީއާއި ޖެނިފާގެ ކައިވެނި އެއް އަހަރު ދުވަހަށް ވެސް ކުރިއަށް ނުދިޔަ އެވެ. އޭގެ ފަހުން އިތުރު ތިން ކައިވެންޏެއް ޖެނިފާ ކުރި އެވެ.