މާލޭގެ ދެ ސައި ހޮޓަލެއްގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިޔަ ބިދޭސީންްތަކެއް މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވާގޮތަށް ތޮށްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ އެކޮމޮޑޭޝަން ބްލޮކްތައް ބަލާ ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން މި މަހުގެ 16 ވަނަ ދުވަހު މާލެއިން ހަތަރު ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދެ ގެއަކާއި ދެ ހޮޓާ ކަމަށާއި އެ ތަންތަނުގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުން ދިޔަ ހަތް ބިދޭސީއަކު މިހާރު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 3،500 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްލާފަ އެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު ދާދި ފަހުން އިމިގްރޭޝަން އޮފިސަރަކަށް ވެގެން ބިދޭސީން އުޅޭ ތަނަކަށް ބިދޭސީއެއްގެ އަތުން ވަނީ ފޭރިގަނެފަ އެވެ.

އެކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި އޮފިސަރުން އުޅޭނީ ޔުނިފޯމުގައި ފާސް އަޅައިން ކަމަށް ބުނެ، އެކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.