ލެޕްޓޮޕްއަކީ މިއަދު އަހަރުމެންގެ ދިރިއުޅުމުގައި އޭގެ މުހިއްމުކަން ބޮޑުވެފައިވާ އާލާތެކެވެ. ވަޒީފާގެ އިތުރުން އާއްމު ދިރިއުޅުމުގައި ވެސް ލޮޕްޓެޕްގެ ބޭނުން ހިފަންޖެހެ އެވެ.
އެއްވެސް ފިކުރެއް ނެތި ބޭނުން ކުރެވޭ މި ވަސީލަތުގެ ސަބަބުން އަންހެނުންގެ ދަރިމައިވުމުގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާކަން އެންމެ ފަހުގެ ހޯދުންތަކުން މިހާރު ވަނީ އެނގިފަ އެވެ.
މާހިރުން ވިދާޅުވާ ގޮތުގައި ލެޕްޓޮޕުން ބޭރުވާ ހޫނާއި އިލެކްޓްރޯ މެގްނެޓިކް ފީލްޑްތަކުގެ ސަބަބުން ދަރިމައިވުމުގެ ނިޒާމުގެ މަސައްކަތަށް ބުރޫ އަރަ އެވެ.
އެގޮތުން މައްސަރު ކަންތައް ލަސްވުމާއި އޯވަރީގެ ސިއްހަތަށް ގެއްލުން ވުމަކީ ދިގު މުއްދަތުގައި މިކަމުން ނުކުމެދާނެ ނަތީޖާއެއް ކަމަށް އެބޭފުޅުން ހާމަކުރެ އެވެ.
ހާއްސަކޮށް އުނގުމަތީގައި ބަހައްޓައިގެން ލެޕްޓޮޕް ބޭނުން ކުރާނަމަ އެކަމުގެ ނުރައްކާ އެތައް ގުނައަކަށް ބޮޑުވެގެންދާ ކަމަށްވެސް ހޯދުންތަކުން އެނގެ އެވެ.
ލެޕްޓޮޕް ބޭނުންކުރުމަކީ އަންހެނުންގެ އިތުރުން ފިރިހެނުންގެ ދަރިފަނީގެ ސިއްހަތު ވެސް ދަށްކުރުވާ ކަމެކެވެ. ނަތީޖާއަކަށްވަނީ އުފަންވާ ދަރިންގެ އާއްމު ސިއްހަތު ދަށްވުމެވެ.
އެހެން ކަމުން ލެޕްޓޮޕްފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރާއިރު އޭގެ އެންމެ ރަނގަޅު ގޮތުގައި ސިއްހަތަށް ގެއްލުން ނުވާނެހެން ބޭނުންކުރުން ވަރަށް މުހިއްމެވެ.
ލެޕުޓޮޕުން ގެއްލުންވާ ކަމަށް ލިއުއްވި ޙައްލު ނުލިއުއްވީ ކީއްވެތޯ؟ ރައްކާތެރި ގޮތް ލިއުއްވަން ވާނެކަމަށް ދެކެމެވެ.