ބޮލީވުޑްގެ ކާމިޔާބު ތަރި ދީޕިކާ ޕަދުކޯން މުމްބާއީގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ބެންޑްރާ ވެސްޓްއިން އަގުބޮޑު ގެއެއް ގަނެފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ރެޒިޑެންޝަލް ބިލްޑިންގްއެއްގެ 15 ވަނަ ފަންގިފިލާއިން ގަނެފައިވާ 1845 އަކަފޫޓުގެ އެ އެޕާޓްމަންޓް ދީޕިކާ ގަނެފައިވަނީ 17.8 ކްރޯޑް ރުޕީސް އަށެވެ.

މި އެޕާޓްމަންޓަކީ ދީޕިކާގެ މައިދައިތަ އަދި އެކްޓަރު ރަންވީރު ސިންހްގެ މަންމަ އަންޖޫ ބަވާނީގެ ގެ ކައިރީގައި ހުންނަ އިމާރާތަކުން ގަނެފައިވާ އެޕާޓްމަންޓެއް ކަމަށްވެ އެވެ.

އެންމެ ފަހުގެ ފެންވަރަށް ހަދާފައިވާ އެ އެޕާޓްމަންޓުގައި ޒަމާނީ ވަސީލަތްތަކުގެ އިތުރުން މޫދު ފެންނަ ބެލްކަނިތައް ވެސް ހުންނަ ކަމަށް ހަބަރުތައް ބުނެ އެވެ.

ދީޕިކާ އާ އެޕާޓްމަންޓެއް ގަނެފައި މިވަނީ އޭނާގެ އަލަތު ދަރިފުޅު ވިހޭތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. ސެޕްޓެމްބަރު މަހު 8 ވަނަ ދުވަހު ދީޕިކާ ވިހޭއިރު މިހާރު އޭނާއާއި ދަރިފުޅު ވެސް ވަނީ ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ.

ދަރިފުޅު ވިހެއުމަށްފަހު ފިލްމީ ދާއިރާއިން ފިލްމީ މަސައްކަތްތަކުން ދުރަށް ޖެހިފައިވާއިރު ދީޕިކާ މަސައްކަތަށް އެނބުރި އަންނާނީ ގިނަ ދުވަސްތަކަކަށްފަހު ކަމަށް ރިޕޯޓުތައް ބުނެ އެވެ.