2016 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "ސަނަމް ތޭރީ ކަސަމް"ގެ ސީކުއަލްއަށް ފުރަތަމަ ބައިގެ ލީޑު އަންހެން ތަރީގެ ގޮތުގައި ފެނުނު ޕާކިސްތާނުގެ އެކްޓްރެސް މާވްރާ ހުސޭން ގެންނަން ގިނަ ބަޔަކު ގޮވާލަމުން އެބަދެ އެވެ.

މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ސޯޝަލް މީޑިއާގައި އެ ފިލްމުގެ ސީކުއަލް އިއުލާން ކުރެވިފައިވާއިރު ދެވަނަ ފިލްމުގެ ފިރިހެން ލީޑް ތަރިއަކީ ފުރަތަމަ ބައިގެ ލީޑު ތަރިއެއްގެ ގޮތުގައި ވެސް ފެނުނު ހަރްޝްވަރްދަން ރާނޭ އެވެ.

އެހެން ނަމަވެސް ދެވަނަ ފިލްމުން ފެނިގެންދާ އަންހެން ތަރިއެއް އެ ފިލްމުގެ ޕްރޮޑިއުސަރުން ޔަގީން ކޮށްދީފައި ނުވާއިރު ގިނަ ބަޔަކު އަންނަނީ އިންސްޓަގްރާމް އެ ޕޯސްޓުގައި މާވްރާ އަނބުރާ ގެނައުމަށް އެދެމުންނެވެ.

https://www.instagram.com/p/C_uZi8gpx9x/?utm_source=ig_embed&ig_rid=d2134c73-c7c3-4103-97dc-75f8c9c00e1a

"ސަނަމް ތޭރީ ކަސަމް"ގެ ފުރަތަމަ ބައިން މާވްރާއާއެކު ހަރްޝްވަރްދަން ފެނިގެންދިޔައިރު އެ ދެމީހުންގެ ޖޯޑަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

އެ ފިލްމަށް ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައި ނުވި ނަމަވެސް މިއަދާ ހަމައަށް ވެސް އެ ފިލްމަކީ އާއްމުންގެ ހިތްތަކުން ޖާގަ ހޯދާފައިވާ ފިލްމެކެވެ.

"ސަނަމް ތެރީ ކަސަމް"އަކީ މާވްރާ ބޮލީވުޑުން ފެނުނު ފުރަތަމަ ފިލްމެވެ. އެހެން ނަމަވެސް އޭގެ ފަހުން ފާއިތުވި 8 އަހަރު ތެރޭގައި ބޮލީވުޑްގެ އެއްވެސް އުފެއްދުމަކުން އޭނާ ފެނިފައެއް ނުވެ އެވެ.