އައްޑޫ ސިޓީ މަރަދޫގައި ގުދަނެއްގައި އަލިފާން ރޯވެ އަނދާ ހުލިވެއްޖެ އެވެ

މި ހާދިސާ ހިނގާފައިވަނީ މިއަދު ފަތިހު އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ އައްޑޫ ސިޓީ މަރަދޫގައި ހުންނަ، އެތުމާގޭގައި ވިޔަފާރިކުރުމަށް ހަދާފައިވާ ގާޑިޔަލެއްގެ އިތުރުން އެއާ އިންވެގެން ހުރި ގުދަނެއްގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 05:46 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ރިޕޯޓް ލިބުމާއެކު ހިތަދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަލިފާން ނިއްވާލެވުނީ މިއަދު 06:45 ހާއިރުކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.