މީގެ ދެ ދުވަސް ކުރިން އޮތް ޕެރިސް ފެޝަން ވީކްގެ މި އަހަރުގެ އަދަދުގައި އެ ސްޓޭޖުން ފުރަތަމަ ފަހަރަށް ފެނުނު ތަރިންގެ ތެރޭގައި ބޮލީވުޑްގެ މަޝްހޫރު ތަރި އާލިއާ ބަޓް ހިމެނެ އެވެ.
ލޮރެއަލްގެ އާ ބްރޭންޑް އެމްބެސަޑަރެއްގެ ގޮތުގައި އާލިއާ އެ އިވެންޓުގައި ބައިވެރިވިއިރު އޭނާގެ ފުރަތަމަ ފެނިލުން އާއްމުންނަށް ކަމަކު ނުދިޔަ އެވެ.
ޑިޒައިނަރު ގައުރަވް ގުޕްތާ ފަރުމާ ކޮށްދީފައިވާ ރިހި އަދި ކަޅު ކުލައިގެ ހެދުމެއް ލައިގެން އާލިއާ ހުރިއިރު އޭނާގެ ފަރާތުން އެ ސްޓޭޖުގެ ހައިބަތު ނުފެންނަ ކަމަށް ގިނަ ބަޔަކު ބުނެ އެވެ.
އެގޮތުން އާލިއާއަކީ އެފަދަ ޕްލެޓްފޯމެއްގައި ބައިވެރިވުން އެކަށީގެންވާ ފަރާތެއް ނޫން ކަމަށާއި އޭނާގެ ފެނިލުމުން ވެސް އެނގެނީ ފައިސާއާއި ނުފޫޒުން ރީތިކަމާއި ސާދާކަން ނުގެނެވޭނެކަން ކަމަށް ބުނެ ސޯޝަލް މީޑިއާގައި އޭނާއަށް ދަނީ ފާޑުކިޔަމުންނެވެ.
އާލިއާގެ އިތުރުން ހަމަ ލޮރެއަލްގެ އެމްބެސަޑަރެއްގެ ގޮތުގައި އެކްޓްރެސް އައިޝްވާރްޔާ ރާއީ ވެސް ޕެރިސް ފެޝަން ވީކްގައި ފެނިފައިވާއިރު އޭނާގެ ފެނިލުމަށް އާއްމުން އަންނަނީ ތައުރީފު ކުރަމުންނެވެ.
ޕެރިސް ފެޝަން ވީކްގައި ބައިވެރިވުމުގެ ކުރިން އާލިއާ ވަނީ މެޓް ގާލާ ފަދަ ބޮޑެތި ޕްލެޓްފޯމްތަކުގައި ވެސް އިންޑިއާ ތަމްސީލު ކޮށްދީފަ އެވެ.
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
ސޯޝަލް މީޑިއާ: ގުޅުންތައް ބަދަހިކުރަނީތަ ނުވަތަ ރޫޅަލަނީތަ؟
ސައިފްގެ "ކަރްތަވްޔާ" 15 މެއި ގައި ނެޓްފްލިކްސްއަށް އަންނަނީ