ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ބެން އެފްލެކްއާއި ޖެނިފާ ލޮޕޭޒްގެ ވަރީގެ މައްސަލަ ކުރިއަށްދާއިރު އެ މައްސަލާގައި އެތައް ހުރަސްތަކެއް މިހާތަނަަށް ވެސް ކުރިމަތިވެފައިވެ އެވެ.

އެ ހުރަސްތަކުގެ އިތުރުން އަނެއްކާ ވެސް އެހެން ގޮންޖެހުމެއް އެ ދެމީހުންނަށް މިހާރު ވަނީ ކުރިމަތިވެފަ އެވެ. ހަބަރުތައް ބުނާ ގޮތުގައި އެ މީހުންގެ ކައިވެނީގެ ގެ ވިއްކާލުމުގައި ދަތިތަކެއް މިވަނީ ފެންމަތިވެފަ އެވެ.

މީގެ ދުވަސްތަކެއް ކުރިން ބެންއާއި ޖެނިފާ އެ ދެމީހުންގެ ގެ 64 މިލިއަން ޑޮލަރަށް ވިއްކާލަން ނިންމާފައިވާއިރު އެ ވިޔަފާރި ނުކުރެވޭ ގޮތް ވެފައިވާ ކަމަށް ބުނެވެ އެވެ.

https://www.instagram.com/p/C9daJ1Xyyy5/?utm_source=ig_embed&ig_rid=67c51d87-e44b-4014-b131-07d60fb6af3c&img_index=1

ހަބަރުތައް ބުނާ ގޮތުގައި ބެންއާއި ޖެނިފާގެ ގެ ގަންނަން އެއްބަސްވި ފަރާތުގެ އާއިލާ މީހަކު މަރުވުމުން މިވަގުތު އެ އަގަށް ގަނެވެން ނެތްކަން އެ ފަރާތުން ވަނީ އަންގާފަ އެވެ.

ބެންއާއި ޖެނިފާ ވެސް ހިއްސާވާ ބެވަލީ ހިލްސްގައި ހުންނަ އެ ގެ ވިއްކާލުމަކީ އެ ދެމީހުންގެ ވަރީގެ މައްސަލަ ނިންމައި މުދާ ބެހުމަށް މުހިއްމު ކަމެކެވެ.

5000 އަކަފޫޓުގެ ބިމެއްގައި އެންމެ މިޒަމާނުގެ ފެންވަރަށް ހަދާފައިވާ އެ ގެ ކައިވެންޏަށްފަހު އެ ދެމީހުން ގަނެފައިވަނީ 60 މިލިއަން ޑޮލަރަށެވެ.

މީގެ ކުރިން ބެންއާއި ޖެނިފާ އެކުގައި އެ ގޭގަައި ދިރިއުޅުނު ނަމަވެސް މިހާރު އެ ދެމީހުން ވަނީ އެ ގެ ދޫކޮށް ލޮސް އެންޖެލަސްއަށް ބަދަލުވެފަ އެވެ.