ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ސިކަންދަރު"ގެ މަސައްކަތް މިހާރު ކުރިއަށްދާއިރު ސަލްމާން އަންނަނީ އެ ފިލްމަށް ވަރަށް ބޮޑަށް ތައްޔާރު ވަމުންނެވެ.

އެގޮތުން އެ ފިލްމަށް ހާއްސަކޮށް ސަލްމާންގެ ހަށިގަނޑަށް ގެނެސްފައިވާ ބަދަލު އިންސްޓަގްރާމް މެދުވެރިކޮށް އޭނާ މިވަނީ ހިއްސާކޮށްފަ އެވެ.

ސަލްމާާންގެ ރަސްމީ އިންސްޓަގްރާމް އެކައުންޓްގައި އޭނީ ހިއްސާކޮށްފައިވާ އެ ފޮޓޯގައި ފެންނަނީ ޖިމް ސެޝަންއެއްގައި ސަލްމާން ހަރަކާތްތެރިވާ މަންޒަރެވެ.

https://www.instagram.com/p/DATiUHfSWOW/?utm_source=ig_embed&ig_rid=b4707611-478e-499e-91e1-4de6d838c921

އެ ފޮޓޯގައި އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް އައިސްފައިވާކަން ފާހަގަ ކުރެވޭއިރު ކުރިއަށް އޮތް ތަނުގައި އިތުރު ބަދަލުތައް ވެސް ފެންނާނެ ކަމަށް ބެލެވެ އެވެ.

އަންނަ އަހަރުގެ އީދުގެ މުނާސަބަތުގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އެ ފިލްމަކީ ސާޖިދު ނަޑިއާވާލާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. ސަލްމާންގެ އިތުރުން ދެން އެ ފިލްމުން ފެނިގެންދާނީ ރަޝްމިކާ މަންދާނާ އެވެ.

ސަލްމާން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނުކުތް ފިލްމު "ޓައިގާ 3"އިންނެވެ. އޭގެ އިތުރުން ޝާހްރުކް ޚާންގެ "ޕަތާން"ގައި ވެސް ސަލްމާންގެ ހާއްސަ ފެނިލުމެއް ފެނިގެންދިޔަ އެވެ.