ހަޔަޓް ރީޖެންސީ ވިލާ ރިސޯޓާއެކު ސިންގްހައިއި ރާއްޖޭގައި ފުޅާކޮށްފި އެވެ.

2027 ވަނަ އަހަރުގެ ފަހުކޮޅު ހަޔަޓް ރީޖެންސީ ސަމަރަފުށި މޯލްޑިވްސް ހުޅުވަން ތައްޔާރުވަމުންދާއިރު، ދުނިޔޭގެ ފެންވަރުގެ އާ ލަގްޒަރީ ރިސޯޓެއް ރާއްޖޭގެ މަޝްހޫރު މަތީ ފަންތީގެ މަންޒިލްތަކުގެ ޕޯޓްފޯލިއޯއާ ގުޅެން މިވަނީ ތައްޔާރުވެފަ އެވެ.

މާލެ އަތޮޅު އުތުރުބުރީގައި އަލަށް އިމާރާތްކުރާ މި އޯލްވިލާ ރިސޯޓަކީ ޕާކް ހަޔަޓް މޯލްޑިވްސް ހަޑަހާ އާއި އަލިލާ ކޮތައިފަރު މޯލްޑިވްސް އަށް ފަހު ރާއްޖޭގެ ތިން ވަނަ ހަޔަޓް ޕްރޮޕަޓީ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން 25 މިނެޓުން ސްޕީޑްބޯޓްގައި ދަތުރުކުރެވޭ ހިސާބުގައި އޮންނަ މި ރިސޯޓުގައި 130 ބީޗްފްރަންޓާއި ޓްރީޓޮޕް އަދި އޯވާވޯޓާ ވިލާ ހުންނާނެ އެވެ.

ސިންގަޕޫރުގެ ޕްރޮޕަޓީ ޑިވެލޮޕަރު ސިންގްހައިއާ ގުޅިގެން މި ޕްރޮޖެކްޓް ހިންގަމުން އަންނަ އިރު، ޕާކް ޕްލަސް އެސޯސިއޭޓްސްގެ އާކިޓެކްޗަރަލް ޑިޒައިންގައި ގުދުރަތީ ޕެލެޓަކާ އެކު ތަފާތު ދިވެހި ވަންތަކަން ދައްކުވާދޭނެ އެވެ. ސިންގްހައިއަށް ބަލާއިރު، ހަޔަޓް ރީޖެންސީ ސަރަމާފުށި ރިސޯޓަކީ 120 ވިލާގެ ރިސޯޓް ގްރޭންޑް ޕާކް ކޮދިއްޕަރު މޯލްޑިވްސް އަށް ފަހު ރާއްޖޭގައި އެ ރިސޯޓުގެ ދެވަނަ ޕްރޮޕަޓީ އެވެ.

ހަޔަޓްގެ އޭޝިއާ ޕެސިފިކް ގްރޫޕް ޕްރެޒިޑެންޓް ޑޭވިޑް އުޑެލް ވިދާޅުވި ގޮތުގައި ދުނިޔޭގެ ގިނަބައެއްގެ އެންމެ މަގުބޫލު ރިސޯޓް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި އާ ތަޖުރިބާތަކަށް ފަތުރުވެރިންގެ ސިކުނޑި އާއި ހިތްތައް ހުޅުވާލުމަށް ސިންގްހައިއީއާ ގުޅިގެން ފުރުސަތު ފަހިކޮށްދެވުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

ސިންގްހައިއީގެ އެގްޒެކެޓިވް ޑައިރެކްޓަރު ގަލަންޓް ޓޭންގް އިތުރަށް ވިދާޅުވީ ހަޔަޓް ހޮވީ ހޮސްޕިޓާލިޓީ އިންޑަސްޓްރީގައި އެ ކުންފުނީގެ މަޝްހޫރުކަމާއި ލީޑާޝިޕް ގާއިމުވެފައި އޮތުމުން ކަމަށެވެ.

މި ރިސޯޓުގެ ފެސިލިޓީތަކުގެ ތެރޭގައި ޖަޕާނުގެ ރެސްޓޯރެންޓަކާއި ބީޗް ކްލަބަކާއި ތަފާތު ޑައިނިން އޮޕްޝަންތަކުގެ އިތުރުން ކިޑްސް ކްލަބާއި ފިޓްނަސް ޕެވިލިއަން އަދި އަށް ޓްރީޓްމަންޓް ރޫމް ހިމެނޭ ސްޕާއެއް ހިމެނެ އެވެ. މި ޕްރޮޕަޓީގެ ދަށުން މާލެ އަތޮޅު އުތުރުބުރީގެ މަޝްހޫރު ޑައިވިން، ސްނޯކްލިން އަދި ސާފިން ސައިޓްތަކަށް ވެސް ޒިޔާރަތްކުރެވޭނެ އެވެ.