ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކޮށް ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 14 ވަނަ ސީޒަން ޓީވީ މަޝްހޫރު ތަރި ކަރަންވީރު މެހެރާ ކާމިޔާބުކޮށްފި އެވެ.

މިރޭ "ހަތުރޯން ކޭ ކިލާޅީ 14" ފައިނަލް އެޕިސޯޑް ކަލާޒް ޓީވީއިން ގެނެސްދިނުމަށް ހަމަޖެހިފައިވާއިރު ފައިނަލް ދަތުރުކޮށްފައިވާ ބައިވެރިންނަކީ ޓީވީ އެކްޓަރު ގަޝްމީރު މަހާޖާނީ، ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮޕް، ބިގްބޮސްއިން ފެނިގެން ގޮސްފައިވާ ޓީވީ އެކްޓަރު ޝާލިން ބަނޯތް، އަބީޝޭކް ކުމާރު އަދި ކަރަންވީރު އެވެ.

ރަސްމީކޮށް ރަންވީރު މިޝޯ ކާމިޔާބުކުރިކަން ހާމަނުކުރިނަމަވެސް މިހާރު ސޯޝަލް މީޑިއާގައި އަންނަނީ މިފަހަރުގެ ސީޒަން ކަރަންވީރު ކާމިޔާބުކުރިކަމަށް ބުނަމުންނެވެ.

ކަރަންވީރު މިޝޯ ކާމިޔާބުކުރުމުން ޓްރޮފީގެ އިތުރުން 20 ލައްކަ ރުޕީސް ( ގާތްގަނޑަކަށް 24500 ޑޮލަރު) އާއި މާރުތީ ސުޒުކީ ސްވިފްޓް ކާރެއް ވަނީ ލިބިފަ އެވެ.

މިއަހަރުގެ ޖުލައި 27 ވަނަ ދުވަހުން ފެނިގެން ކަލާސް ޓީވީން ދައްކަމުން އަންނަ މިޝޯ ޝޫޓްކޮށްފައި ވަނީ ރޮމޭނިއާގަ އެވެ. މިސީޒަންގެ ފައިނަލް އެޕިސޯޑް ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ އާއި މާދަމާ ރޭ އެވެ.

https://www.instagram.com/p/DAa-x0Uy5ey/

އިންޑިއާގެ މަޝްހޫރު ސެލެބްރިޓީންގެ އާދަޔާ ހިލާފު ސްޓަންޓްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ރިއަލިޓީ ޓީވީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ގެ 13 ވަނަ ސީޒަން ކާމިޔާބު ކުރީ ރެޕަރު ލަވަކިޔުންތެރިޔާ ޑީނޯ ޖޭމްސް އެވެ.