ކަނޑިންމަ ރިސޯޓަށް ފެން ހިފައިގެން ދަތުރުކުރަމުންދިޔަ "ހަމްދު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނީގެ އިންޖީނު ރޫމުގައި ރޯވި އަލިފާން ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ މިއަދު 14:20 ހާއިރު އަލިފާން ނިއްވާލާފައިވާ ކަމަށެވެ. އަލިފާން ނިންވާލާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ދ.ކުޑަހުވަދޫ އަދި ފ.ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔާ ފައިޓަރުންކަމަށް އެމްއެންޑީއެފުން ބުންޏެވެ.
"ހަމްދު" ދޯނީގައި އަލިފާން ރޯވެގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 7:20 ގައިކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ދޯނިން ހަތަރު މީހުން ދަތުރުކޮށްފައިވާއިރު، މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެންއެންޑީއެފުން ބުންޏެވެ. މި ހާދިސާގައި ދޯންޏަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފަ އެވެ.
އަބަދުވެސް ރަނގަޅު މައިބަފައިންނަށް ވެވޭތޯ ބަލަން: ވިކްޓޯރިއާ
ދިރާގުން ދޭ އައިފޯން 17 ޕްރޯ މެކްސްގެ ނަސީބުވެރި ފަރާތް ހޮވައިފި
އިޒްރޭލާއި ލުބުނާނުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް
