ބޮލީވުޑް އަދި ހޮލީވުޑްގެ ކާމިޔާބު ތަރި ޕްރިޔަންކާ ޗޯޕްރާގެ "ޅަފަތުގެ ނަފްސަށް" މަލާމާތް ނުކުރަން ސަޕޯޓަރުންގެ ކިބައިން އޭނާ އެދެފި އެވެ.
ޕްރިޔަންކާ މި ބީދައިން އެދިފައިވަނީ އޭނާގެ ކުޑައިރުގެ ފޮޓޯއަކާއި ފުރާވަރުގެ ފޮޓޯއެއް ހިއްސާކޮށް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގެ އެއްފަރާތުގައި ކުރު އިސްތަށިގަނޑެއްގައި ހުރި އުމުރުން 09 އަހަރުގެ ޕްރިޔަންކާގެ ކަޅާއި ހުުދުގެ ފޮޓޯގަނޑެއް ފެންނައިރު އަނެއް ފަރާތުން ފެންނަނީ އޭނާގެ ފުރާވަރު އިރުގެ ފޮޓޯ އެކެވެ.
އެ ޕޯސްޓުގައި ޕްރިޔަންކާ އިތުރަށް ބުނީ ފުރާވަރަށް އެޅުމުން އަންހެނެއްގެ ހަށިގަނޑަށް އަންނަ ބަދަލުތަކާމެދު ހައިރާންވާ ކަމަށާއި އެކަން އޭނާގެ އެ ދެ ފޮޓޯއިން އެނގޭނެ ކަމަށެވެ.
އެއާއެކު މިހާރު އޭނާގެ ޅަފަތުގެ ފޮޓޯތައް ފެނުމުން އަމިއްލަ ނަފްސާމެދު ފަހުރުވެރިވެ ހެޔޮކޮށް ވިސްނޭ ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.
ބޮލީވުޑް ދޫކޮށް ހޮލީވުޑުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެންނާނީ ހޮލީވުޑްގެ ފިލްމު "ދަ ބްލަފް" އިންނެވެ.
			ކޮޅުވެއްޓި ހާދިސާގައި ސީރިއަސްވި ދިވެހި ޒުވާނާ ވެސް މަރުވެއްޖެ
		
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
		
			"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
		
					
					
					
					
					
					
					
					
					
					
					
ތީހަމަ ފޮނިކަނޑަން ލައިގެންއުޅޭ ދެފޮޓޯ.