ޒުވާން އުމުރުގެ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެެހޭ މިންވަރު ކަންބޮޑުވާ ވަރަށް އިތުރުވަމުން އަންނަ ކަމަށް ޑޮކްޓަރުން އިންޒާރު ދީފި އެވެ.
ދަ އެމެރިކަން ކެންސާ ސޮސައިޓީއިން ނެރެފައިވާ 2024 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އުމުރުން 50 އަހަރަށްވުރެ ހަގު އުމުރެއްގައި އުރަމަތީގެ ކެންސަރު ޖެހޭ މީހުންގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އުރަމަތީގެ ކެންސަރަށް ފަރުވާ ކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއެކު އެ ބަލީގައި މަރުވާ މީހުންގެ އަދަދު 44 ޕަސެންޓް ދަށްކުރެވިފައިވީ ނަމަވެސް އަލަށް ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މިކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ޑޮކްޓަރުން ފާހަގަކޮށްފައިވަނީ ޒަމާނާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ނޭދެވޭ ބަދަލުތަކެވެ.
އެގޮތުން ހަރަކާތްތެރިވެ އުޅުން މަދުވުމާއި ސިއްހަތަށް ގެއްލުންހުރި ވަގުތުން ތައްޔާރު ކުރެވޭ ކާބޯތަކެތި (އިންސްޓަންޓް ފުޑް) ފަދަ ތަކެތި ބޭނުން ކުރުމަކީ އުރަމަތީގެ ކެންސަރަށް މަގުފަހިވާ ކަންކަމެވެ.
އުރަމަތީގެ ކެންސަރުގެ އިތުރުން ރަހިމުގެ ކެންސަރާއި ސާވިކަލް ކެންސަރު ފަދަ އަންހެނުންނަށް ޖެހޭ އެހެން ބާވަތްތަކުގެ ކެންސަރު ވެސް އާއްމުވަމުން އަންނަކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
"ކެޔެވުން ފެށުމުގެ ކުރިން ސްކޫލުތަކަށް ފޮތްތައް ފޮނުވާ ނިމޭނެ"
ވޮލީ ކޯޗަކު ކުޅުންތެރިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ
ސިއްހީ ހާލަތެއްގެ ސަބަބުން ނާސާގެ ސައިންސްވެރިންތަކެއް ގެންނަނީ!
އިންޒާރު ދެއްވުމުގެކުރިއަށް އެކަންދިމާވާސަބަބާއިމައްސަލަދެނެގަނެ އެކަމުންރައްކާތެރިވވެވޭނެގޮރުގެމަޢުލޫމާތު އާއްމުންނަށްދެއްވުން ވަރައްމުހިއްމު