ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝަރީފު އާއި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ އެހެން ދެ މިނިސްޓްރީ އަކަށް ބަދަލުކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އާމިނަތު ހުސެއިން ޝަރީފް ބަދަލުކޮށްފައިވަނީ ފިޝަރީޒް މިނިސްޓްރީ އަށެވެ. އާމިނަތު ނަމްޒާ ބަދަލުކުރީ ކޮން މިނިސްޓްރީއަކަށް ކަން އަދި ނޭނގެ އެވެ. ނަމަވެސް ނަމްޒާވެސް ވަނީ އެހެން މިނިސްޓްރީއަކަށް ބަދަލުކޮށްފައިކަން "ހުރިހާ" އަށް ވަނީ ކަށަވަރުވެފަ އެވެ.
މި ދެ މިނިސްޓްރީއަކީ ވެސް ސިޔާސީ މަގާމުތައް ގިނަ ދެ މިނިސްޓްރީކަން ފާހަގަކޮށްލެވެ އެވެ
.ޖެންޑާ މިނިސްޓްރީން މި ދެ ބޭފުޅުން ބަދަލުކޮށްފައި މިވަނީ އެ މިނިސްޓްރީގެ ސިވިލް ސްޓާފެއް މިނިސްޓްރީގެ ލީޑަޝިޕުން އޭނާ އާ ދޭތެރޭ ވަރަށް ގޯސްކޮށް ކަންކަން ކޮށްފައިވާކަމަށް ބުނާ ވީޑިއޯއެއް އާންމުވެފައިވާ ދަނޑިވަޅެއްގަ އެވެ.
އާމިނިތު ޝަރީފު އަކީ ރައްޔިތުންގެ މާފަންނު މެދު ދާއިރާއިން ވާދަކުރި އަސްމާ ރަޝީދުގެ ދަރިކަނބަލެކެވެ.
ޝޫޓިންގެ ތެރެއިން ކާތިކްއަށް އަނިޔާވެ ސާޖަރީއެއް ކުރަން ޖެހިއްޖެ
އައިސީސީއަށް ފިޔަވަޅު އެޅުމުން އދ. އިން ކަންބޮޑުވުން ފާޅުކޮށްފި
ދަންވަރު އަމުރެއް ނެރުމުން ގާޒީ އިހްސާން ސަސްޕެންޑްކޮށްފި