ހަށިގަނޑުގެ ހުޅުތަކުގައި ރިއްސުމަކީ ގިނަ ބަޔަކު ތަހައްމަލު ކުރަމުންދާ މައްސަލައެކެވެ. ދިވެހިންގެ ތެރޭގައި އާއްމު މި މައްސަލައަށް ގޭގައި ތިބެގެން ކުރެވިދާނެ ފަސޭހަ ފަރުވާތަކެއް ހުރެ އެވެ.
ބަރުދަން ލުއިކުރުން
ބަރުދަން އިތުރުވުމަކީ ހުޅުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމެކެވެ. ބަރުދަން އިތުރުވާ ވަރަކަށް ހުޅުތަކަށް ކުރާ ބާރު ބޮޑުވެ އެވެ. ޚާއްސަކޮށް އުނަގަނޑާއި ކަކުލާއި ތަނބިކަށި އެއީ ބަރުދަން އިތުރުވުމުގެ ސަބަބުން ބާރު ބޮޑުވާނެ ހިސާބުތަކެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަކީ ހުޅުތަކުގައި ރިއްސުމަށް ދެވޭނެ އެންމެ ބޮޑު އެއް ފަރުވާ އެވެ.
ކަސްރަތު ކުރުން
ހުޅުތަކުގައި ރިއްސާނަމަ ގަވާއިދުން ކަސްރަތުކުރުމަކީ ފަސޭހަވާނެ ކަމެކެވެ. އެގޮތުން ހިނގުމާއި ބައިސްކަލް ދުއްވުން އަދި ފެތުން ފަދަ ހެލިފެލިވެ އުޅެވޭ ހަރަކާތްތަކުގެ ސަބަބުން ހުޅުތަކުގެ ސިއްހަތު ރަނގަޅުވެ، ރިހުން ކުޑަވެ އެވެ.
ރަނގަޅު ކާނާ ކެއުން
ސިއްހަތަށް ރަނގަޅު ކާނާ ކެއުމަކީ އޭގެ ޒާތުގައި ހުޅުތަކަށް ރަނގަޅު އަސަރުކުރާނެ ކަމެކެވެ. މޭވާ އާއި ތަރުކާރީ ހިމެނޭ ގޮތަށް ބައްޓަންކުރުމަކީ ހުޅުތަކަށް އެންމެ ފައިދާ ބޮޑުގޮތެވެ. ހަމަ އެއާއެކު ކެލްސިއަމް ގިނަ ކާނާގެ ބާވަތްތައް ވެސް ކެއުމުގައި ހިމެނުން މުހިންމެވެ. އޭގެ ތެރޭގައި ކިރުގެ ބާވަތްތައް ފާހަގަކޮށްލެވެ އެވެ.

ރޯދަ މަލާފަތް: ތަފާތު ކޮށްލަން ކަށިކެޔޮ ކަނދި ކިހިނެއް ވާނެ؟
މާފުށީ ޖަލުގައި ޒަމާނީ ބޮޑީ ސްކޭން މެޝިނެއް ބަހައްޓައިފި
ރޯދަ މަސް: ނުކައި ތިބެ ބަރުދަން އިތުރުވާ މަސް!