މިހާރު ކުރިއަށްދާ މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެލަން ވޯކާގެ "ވޯކާ ވޯލްޑް" އިންޑިއާ ކޮންސެޓުގެ ތެެރެއިން މިދިޔަ ބުރާސްފަތި ދުވަހު ބެންގަލޫރުގައި ވަނީ ކޮންސެޓެއް ބާއްވާފަ އެވެ.
އެ ކޮންސެޓަށް އެއްވެ ތިބި މީހުންނަށް އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ ކޮންސެޓުގެ ވަކި ހިސާބަކުން ބޮލީވުޑްގެ އެކްޓަރު އާލިއާ ބަޓް ސްޓޭޖަށް އެރުމުންނެވެ.
އެލެންގެ ދައުވަތަށް އާލިއާ ސްޓޭޖަށް އެރި ނަމަވެސް އެއްވެ ތިބި މީހުންގެ މާބޮޑު ތަރުހީބެއް އެ ފެނިލުމަށް ލިބިފައެއް ނުވެ އެވެ. އެއާއެކު މި ފެނިލުމުގެ ހަބަރު މީޑިއާއަށް ފެތުރުމުން އިންޓަނެޓު ބޭނުންކުރާ މީހުންނަކަށްވެސް އެކަން މާ ކަމުދާ ކަމަކަށް ނުވި އެވެ.
އެގޮތުން އާލިއާއަކީ ބޮލީވުޑްގެ މަޝްހޫރު ތަރިއެއްކަން އެންމެންނަށް ވެސް އެނގޭ ކަމަށާއި އެހެން ނަމަވެސް ހުރިހާ ކަމެއްގައި އޭނާ ފެނުމުގެ ބޭނުމަކީ ކޮބައިތޯ އެމީހުން ސުވާލުކުރި އެވެ.
"އެލެންގެ ޝޯއަަކަށް އާލިއާ ދާންވީ ކީއްވެ؟ މިހާރު އާލިއާ ނުފެންނަ ތަނެއް ނޯވޭ" ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހަކު ބުނެފައިވެ އެވެ.
އެއާއެކު ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އެލެންގެ ޝޯއިން އާލިއާ ފެނިގެންދިޔައީ އެ ދެމީހުން ގުޅިގެން ކުރާ މަސައްކަތެއް ކުރިއަށް އޮތުމުންނެވެ.
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			"ނަސްރުގެ ދުވަސް ފާހަގަކުރަމުން އައީ ކަޓުގޮތަކަށް"
		
					
					
					
					
					
					
					
					
					
					
					
މުޅިއޮޑީގަ އާލިޔާގެ ދެފަައި