ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ މިނިސްޓްރީގެ އެކްޓިން ޕާމަނަންޓް ސެކްރެޓަރީ އާތިކާ އިބްރާހީމް މަގާމުން ވަކިކޮށް އާ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އެއް އެ މިނިސްޓްރީއަށް ހަމަޖައްސައިފި އެވެ.
އާތިކާ މަގާމުން ވަކިކުރީ އެ މިނިސްޓްރީގެ ސިވިލް މުވައްޒަފުންނަށް ޖެއްސުންކޮށް، އޭނާ ބުލީކުރާ ކަމަށް ތުހުމަތުކޮށް މުވައްޒަފުން ހުށަހެޅި މައްސަލައެއް ބެލުމަށްފަހު އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެ މިނިސްޓްރީގެ ޕީއެސް ކަމަށް ހަމަޖެއްސީ މީގެކުރިން ހައުސިން މިނިސްޓްރީ އާއި އިސްލާމިކް ޔުނިވާސިޓީގައި ވެސް މަސައްކަތް ކުރައްވާފައިވާ ހައްމަދު ޔާނިއު ހާޝިމެވެ.
އެ މިނިސްޓްރީގެ ޕީއެސް ކަމުގައި ހުންނެވި ޝަމްއޫން ހަމީދުގެ މަގާމުގެ ދައުރު މިދިޔަ މާޗް މަހު ވަނީ ހަމަވެފަ އެވެ.
ކުރީގެ ޕީއެސް އާތިކާގެ މައްސަލަ ސީއެސްސީއަށް ހުށަހެޅުމަށް މަޖުބޫރުވީ މިނިސްޓްރީން މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ އަޑު އަހާފައިނުވާތީ ކަމަށް ބައެއް މުވައްޒަފުން ބުންޏެވެ.
އެ މައްސަލައަށް ހައްލެއް ނުލިބި މައްސަލަ ގޯސްވުމުން އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން ރައީސް އޮފީހުގައި އެދިފަ އެވެ.
20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީގެ އާ ރޭންޖެއް "އައިވިލް"
ދިރިއުޅުމުގައި ގެންގުޅޭ އާދައިގެ މި "ހޮބީ"ތަކުން އުމުރު ދިގުވޭ!
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް ހަދަން ނިންމި ވާހަކަ ދޮގުކޮށްފި
