ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި ކާން އިން 13 އަހަރުގެ ދަރިވަރަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ އެވެ.
ހުރަވީ ސްކޫލަކުން އަންހެން ކުއްޖަކު އިމަޖެންސީގައި ގެންދިޔަކަން ހުޅުމާލެ ހޮސްޕިޓަލުން މިއަދު ވަނީ މީޑިއާތަކަށް ޔަގީންކޮށްދީފަ އެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ކުއްޖާ ނިޔާވެފައިވާ ކަމަށްވެ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ ހުޅުމާލޭގެ ހުރަވީ ސްކޫލުގެ ދަރިވަރަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އޭރު އެ ކުއްޖާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ. އަދި މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
ދަރިވަރު ކާން އިންދާ ނިޔާވީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ކުއްޖާ ނިޔާވީ ކާން އިންދާ ފިޓް ޖެހިގެންނެވެ.
އިތުރު ތަފްސީލް އަންނަނީ...
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި
"މަ ކުރި ކަންތައް އެނގޭނަމަ އެ މީހުން ނޯށުން ރޯނެ"
މާ ގިނައިން އާ ފުރުމަކީ އިންޒާރަކަށް ވެދާނެ!