އިޒްރޭލުން ބަަދަލު ހިފުމުގެ ގޮތުން އީރާނު ވެރިރަށް ތެހެރާނުގައި ހުންނަ ރިވޮލިއުޝަނަރީ ގާޑުންގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް މިރޭ ދީފި އެވެ.
މިހާތަނަށް އެނގިފައިވާ ގޮތުގައި އިޒްރޭލުން ހަމަލާދީފައި ވަނީ ރެވެލިއުޝަނަރީ ގާޑުންގެ އެއާފޯސް އަދި މިސައިލް އުފައްދާ ކާރުހާނާ އަށް ހަމަލާދީފައިވެ އެވެ. މިތަން ހުންނަނީ ތެހެރާންގެ ޔަފްތާބާދުގަ އެވެ. މި ހަމަލާތައް ދިނުމާއެކު ބާރުގަދަ ގޮވުންތަކެއް އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ބުނެ އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ މައި މަރުކަޒަށް ވެސް އިޒްރޭލުން މިރޭ ހަމަލާދިން ކަމަށްވެ އެވެ. އެއާއެކު ތެހެރާނުގައި ސައިރަންގެ އަޑު ކުއްލިއަކަށް އިވެން ފެށި ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހަމަލާދިނުމުގެ އިރުކޮޅެއް ކުރިން އެމެރިކާގެ ވައިޓް ހައުސްއަށް އިޒްރޭލުން އެނގިކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ވެސް ވިދާޅުވެފައިވެ އެވެ.
އިޒްރޭލުގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނީ އައިޑީއެފް އިން އީރާނުގެ އަސްކަރީ އަމާޒުތަކަށް ވަރަށް ވަރުގަދައަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އެ ހަމަލާތަކަކީ ފަހަކަށް އައިސް އީރާނުގެ ސަރުކާރުން އިޒްރޭލާ ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މިރޭގެ ހަމަލާގައި ތެހެރާނާއި ކަރާޖްގައި ހުންނަ ހަކަތަ އުފައްދާ މަރުކަޒަށް ޖުމްލަ 19 ހަމަލާއެއް ދިން ކަމަށްވެ އެވެ.
ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވެއްޖެ: އެޗްޕީއޭ
"ހިމޭން އަޑު" ގެ ނަމުގައި ހާއްސަ ޓީވީ ޕްރޮގްރާމެއް ފައްޓައިފި
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ