ބަރުދަން ލުއިކުރުމުގެ ނަމުގައި ހައި ބަނޑާ ނިިދުމަކީ ގިނަ ބަޔަކު ކުރާ ކަމެކެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތްތޯ ބަލާލުން އެއީ ރަނގަޅު ކަމެކެވެ.
އާއްމުގޮތެއްގައި ނިދުމުގެ ވަކި ވަގުތެއްގެ ކުރިން ކެއިންބުއިން ހުއްޓާލުމަކީ އެދެވިގެންވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ. އެހެން ކަމުން ނިދާއިރު ބަނޑުހައިވުން އިހުސާސްވުމަކީ އެކަށީގެންވާ ކަމެކެވެ.
ދުވާލުގެ ވަގުތުތަކުގައި ހަށިގަނޑަށް ބޭނުންވާ ވަރަށް ހަކަތަ ލިބޭ ކާނާ ކެވޭނަމަ ނިދުމުގެ ވަކި ވަގުތެއް ކުރިން ކެއިން ބުއިން ހުއްޓާލުމުގައި އެއްވެސް މައްސަލަ އެއް ނެތެވެ.
އެކަމުގައި އެންމެ މޮޅުގޮތަކީ 24 ގަޑިއިރު ތެރޭގައި މައިގަނޑު ތިން ނާސްތާ ކުރުމާއި ދެ ނާސްތާ ދެމެދުގައި ސިއްހަތަށް ފައިދާހުރި ލުއިކާނާ ކެއުމެވެ. މިގޮތުން ރޭގަނޑުގެ ކެއުން ނިދުމުގެ މަދުވެގެން 4 ގަޑިއިރު ކުރިން ކާންވާނެ އެވެ.
އަމިއްލަ އިޚްތިޔާރުގައި ނުކައި ހުރެގެން ނޫން ގޮތަކަށް ނިދާއިރު ބަނޑުހައިހޫނުކަން އިހްސާސްވުމަކީ އިތުރު ސިއްހީ މައްސަލަތަކެއްގެ އަލާމާތް ކަމަށް ވެދާނެ އެވެ.
އެގޮތުން ހަށިގަނޑަށް ބޭނުންވާ ހަކަތަ އެވަރަށް ނުލިބުމާއި ހޯމޯންސް އިމްބެލެންސް އެއްގެ ސަބަބުން ރޭގަނޑު ފަސްކޮށް ބަނޑުހައިވުން އެކަށީގެންވެ އެވެ.
އެހެން ކަމުން ރޭގަނޑު ނިދާއިރު ހައިބަނޑާއެކު ނިދާނަމަ އެއީ ކޮން ގޮތަކަށް މެދުވެރިވެގެންތޯ ބަލާލުން މުހިއްމެވެ. އަމިއްލަ އިހްތިޔާރުގައި ނުކައި ހުރެގެން ބަނޑުހައިވާނަމަ ރަނގަޅެވެ. މިފަދަ ހާލަތެއްގައި ބަނޑުހައިކަން ފިލުވާލުމަށް މޭވާ އެއް ކާލުން ރަނގަޅުވާނެ އެވެ.
ނަމަވެސް ކިތަންމެ ލަސްކޮށް ކެއުމަށްފަހުވެސް ނިދާއިރު ބަނޑުހައިވާނަމަ ސިއްހީ އެހީ ހޯދުން އެދެވިގެންވެ އެވެ.
މިލިއުމުން ރޭގަނޑު ކާންރަގަޅު ވަގުތެއް ނޭގުނެއްނު
ރިޕްލައި