އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް އަތުން 1-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓަޑް ތާވަލްގެ ދެވަނަ އަށް އަލުން ޖެހިލައިފި އެވެ.

ޔުނައިޓަޑްގެ ދަނޑުގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގައި ވެސްޓް ހޭމްގެ ކްރެއިގް ޑޯސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މި ނަތީޖާއާއެކު، ޔުނައިޓަޑް ތާވަލްގެ ދެވަނަ އަށް ޖެހިލީ 57 ޕޮއިންޓާއެކު އެވެ. ތާވަލްގެ ތިން ވަނައިގައި ލެސްޓާ އޮތީ 56 ޕޮއިންޓާއެކު އެވެ.

ލީގުގައި ރޭ ޝެފީލްޑް ޔުނައިޓަޑް އަތުން ލެސްޓާ އަމިއްލަ ދަނޑުގަައި މޮޅުވީ 5-0 އިންނެވެ. ލެސްޓާގެ ކެލީޗީ އިއަނާޗޯ މި މެޗުގައި ހެޓްރިކެއް ހެދި އެވެ.

ފަހަތުން އަރައި، ޓޮޓެންހަމް ހޮޓްސްޕާ އަތުން އާސެނަލް މޮޅުވީ 2-1 އިންނެވެ. ޓޮޓެންހަމްގެ އެރިކް ލަމޭލާ އެ ޓީމަށް ލީޑު ހޯދައިދީފައިވ ވަނިކޮށް، އާސެނަލް މޮޅުވީ މާޓިން އޮޑެގާޑާއި އެލެކްޒަންޑާ ލަކަޒެޓް ޖެހި ލަނޑުތަކުންނެވެ. – ބީބީސީ