2003 ވަނަ އަހަރު އެންމެ ފުރަތަމަ ރިލީޒް ކުރެވުނު ބޮލީވުޑްގެ ފިލްމު "ކަލް ހޯ ނަ ހޯ" އަލުން އިންޑިއާގެ ސިނަމާތަކުގައި އަޅުވާފައިވާއިރު 20 އަހަރު ފަހުން ވެސް އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.
މި ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު "ކަލް ހޯނަ ހޯ" ސިނަމާތަކުގައި އެޅުވި ފަހުން ދެހަފްތާ ވެފައިވާއިރު މިހާތަނަށް އެ ފިލްމުގެ ރީ ރިލީޒްއަށް 3.15 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
އެގޮތުން ބޮކްސް އޮފީހުގެ ރޭހުގައި އެ ފިލްމު ވަނީ މިދުވަސްވަރު އަލަށް ސިނަމާތަކުގައި އެޅުވި ބައެއް ފިލްމުތައް ވެސް ފަހަތަށް ޖައްސާލާފަ އެވެ.
"ކަލް ހޯ ނަ ހޯ" އަލުން ރިލީޒް ކުރެވިފައިވާއިރު މިހާރު އެ ފިލްމަށް ދާ ގިނަ މީހުންނަކީ މިހާރުގެ ޒުވާނުންކަން ފާހަގަކޮށްލެވެ އެވެ.
ޝާހްރުކް ޚާން، ސައިފް އަލީ ޚާން އަދި ޕްރިތީ ޒިންތާ މުހިއްމު ރޯލުތަކުން ފެނިގެންދިޔަ "ކަލް ހޯ ނަ ހޯ" އަކީ އެ ފިލްމުގެ ހިތާމަވެރި ވާހަކައާއެކު ވެސް ޝާހްރުކް ޚާންގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމެވެ.
"ކަލް ހޯ ނަ ހޯ"ގެ އިތުރުން ވެސް 2000ގެ އަހަރުތަކުގައި ރިލީޒް ކުރެވި އާއްމުންގެ މަގުބޫލުކަން ހޯދާފައިވާ ގިނަ ފިލްމުތަކެއް މިހާރު ދަނީ ރީ ރިލީޒް ކުރެވެމުންނެވެ.
ދިރާގާއި މިނީސޯ ގުޅިގެން "ގެސް ދަ ސްކޯ" ޕްރޮމޯޝަން ފަށައިފި
ކްރޭނުން ކޮންޓެއިނަރެއް ވެއްޓި ބޮޑެތި ގެއްލުންތަކެއް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!