ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު ބޭރު ތޮށި ކައިރީގައި ފީނަން އޮތް މީހެއްގެ ގައިގަ ލޯންޗަކުން ޖެހި ވަރަށް ބޮޑަށް ޒަޚަމްވެއްޖެ އެވެ.
"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ސަރަހައްދުގައި ފީނަން އޮތް މީހެއްގައި ލޯންޗަކުން ޖެހި ޒަޚަމްވީ މިއަދު މެންދުރެއްހާއިރު އެވެ. އެ ސަރަހައްދުން އާއްމުކޮށް ލޯންޗްތައް ޓީޖެޓީ ސަރަހައްދަށް ދަތުރު ކުރެ އެވެ.
ފުލުހުން ބުނީ ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން އަނިޔާވެފައި އޮތްވާ ފެނުނު މީހާއަށް މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
ފުލުހުން ބުނީ ޒަޚަމްވި މީހާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި އެ މީހާއާ ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ނުދެ އެވެ.
އަނިޔާވެފައި އޮތް މީހާ ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުނެ އެވެ.
ހިޔާ ފްލެޓްގައި ހިނގީ ދެބެންގެ ދެމެދުގެ މާާރާމާރީއެއް
2025ގެ އެންމެ މޮޅު ބިރުވެރި ފިލްމުތައް!
އާރްޑީސީ އާއި ފެނަކައިގެ ގެއްލުން 437 މިލިއަން އަށް!