ނަސޭހަތްދޭން މަސައްކަތްކުރި ފުލުހެއްގެ ގައިގައި ދަތް އެޅި ކަމަށް ތުހުމަތުކޮށް އަންހެނަކު ހައްޔަރުކޮށްފި އެވެ.
ބަންދުކޮށްފައިވަނީ އުމުރުން 44 އަހަރުގެ އަންހެނެއް މަސްމާރުކޭޓު ކެފޭއަށް ވަދެ، އެ ތަނުގައި ތިބޭ މީހުންނަށް އުނދަގޫ ކުރާތީ ހުއްޓުވައި ފުލުހަކު ނަސޭހަތްދޭން އުޅުމުން ކަމަށް އެނާގެ ބަންދު އަމުރުގައި ބުނެފައިވެ އެވެ.
އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެެވެ.
މި އަންހެން މީހާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމާއި މާރާމާރީއާއި އާއްމު އުނދަގޫ ކުރުމެވެ.
ބަންދު މަޖިލީހުގައި އަންހެން މީހާ ވަނީ އޭނާއަށް ފުލުހެއްގެ ގައިގައި ދަތް އެޅުނުކަން ނޭނގޭ ކަމަށާއި އަދި އޭނާއަކީ ބޯ ހަމަނުޖެހޭ މީހެއް ކަމަށްވެސް ބުނެފައި އެވެ.
ގަދަފަދަ ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލް ދެމިގެންފި
އާދައިގެ ބޮލު ރިހުމެއްތަ ނޫނީ މައިގްރޭންއެއް ތަ؟
މިދުވަސްވަރު ގަވައިދުން ސުކޫލަށް ނުދާ 8،000 ކުދިން