ފަސް އަހަރުގެ ދައުރު ހަމަވާކަށް ނުޖެހޭކަމަށާއި ގާނޫނުއަސާސީ ފުނޑާލީމާ ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، މައުރޫފު ވަނީ މިހާތަނަށް ރައީސް މުހައްމަދު މުއިއްޒު ހެއްދެވި ކަމަށް ބުނާ ދޮގުތަކުގެ ލިސްޓު އާއްމުކުރައްވައިފަ އެވެ. އެއަށްފަހު އޭނާ ވަނީ އެތަނަށް އެއްވެ ތިބި އާންމުންގެ އަރިހުން ރައީސް މުއިއްޒު އަކީ ދޮގުވެރިޔެއްތޯ އައްސަވާފަ އެވެ. އަދި މުއިއްޒު އަކީ ދޮގުވެރިއެއް ކަމަށް ރައްޔިތުން ނިންމީމައި ކުރަން ޖެހޭ ކަމަކީ ވެރިކަމުން ބާލުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދައުރު ހަމަވުމުން ވޯޓުލައިގެން ވެރިކަން ބަދަލުކުރުމަކީ އޮންނަ އުސޫލެއް ކަމަށާއި އެހެން ނަމަވެސް ދޮގާއި މަކަރު ހެދުން އިންތިހާއަށް ދިޔައީމާ ވެރިކަން ބަދަލުކުރުން ވެސް އެއީ އޮންނަ ގޮތެއް ކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ. އެގޮތުން ރައްޔިތުން ނުކުމެ އަވައްޓެރި ސްރީލަންކާ އަދި ބަންގްލަދޭޝް ގެ ވެރިކަން ބަދަލުކުރި ގޮތުން އޭނާ މިސާލު ނެންގެވި އެވެ.
"ދައުރު ހަމަވާކަށް ނުޖެހޭ. ގާނޫނުއަސާސީ ފުނޑާލީމާ ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލަން ޖެހޭ. ބަދަލުކުރަން ޖެހޭ. ނުކުންނަންވީ،" އޭނާ ވިދާޅުވި އެވެ.
މިއީ ނިމުމެއް ނޫން ކަމަށާއި ދިގުދެމިގެންވާ މުޒާހަރާއެއް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުން އެކަމަށް ތައްޔާރުވާން ޖެހޭ ކަމަށާއި ހުއްޓާލާނީ ވެރިކަން ބަދަލުކުރުމަށްފަހު ކަމަށް ވެސް މައުރޫފު ވިދާޅުވި އެވެ.
އެމްޑީޕީގެ ރޭގެ ޖަލްސާ ފެށުމުގެ ކުރިން ވަނީ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފަ އެވެ. އެމްޑީޕީއަށް ސޮއިކޮށްގެން ނުވަތަ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށްގެން މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ނަމަ އެ މެންބަރަކު އަލުން އިންތިހާބު ކުރަން އެހީތެރިވެދިނުމަށް އެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
އޭގެ އިތުރުން، ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް އަނބުރާ ނުގެންދާހާ ހިނދަކު، އެކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް ވެސް ވަނީ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ.
ކަލޯ ވެރިކަމަކީ އަގައިން ވެއްޓޭ އެއްޗެއްނޫން، ތިތަން ބަލާލީމާވެސް އެބައިގޭ ވެރިކަން ވައްޓާލަން ރައްޔިތުން ނިކުމެދާނަކަން، އެހެންނު.
ރިޕްލައިއިންޝާﷲ މަގުމަތިން މިވެރިކަން ވައްޓައެއްނުލެވޭނެ އިންޝާﷲ..ރޭގަަ ވެސްއެކަން ސާބިތުވެއްޖެ.. އެވަރަށް ޖަލްސާއަށް މީހުން އެއްކުރަން އުޅުނީމަވެސް އެކަންނުވި.. ދިވެހިންނަކީ އެހާ ގަމާރު ބައެއްނޫން. ގައުމު ހަލަބޮލިކޮށްގެންވާނެ ފައިދާއެއް ނެތް. މި5އަހަރު ރ.މުއިއްޒު ރާއްޖެ ތަރައްގީކުރާނެ އިންޝާﷲ.... "ކޮމެންޓް ޖަހާލަދެއްވާ"
ރިޕްލައި