ބޮލީވުޑްއަކީ ގިނަ އަދަދެއްގެ ތަރިން މަސައްކަތްކުރާ ދާއިރާއަކަށްވާއިރު މަދުން ނަމަވެސް ދޭދޭ ތަރިންގެ މެދުގައި ހިތްހަމަނުޖެހުންތަކާއި ދެބަސްވުންތައް ހިނގަ އެވެ.

ބައެއް ފަހަރަށް އެފަދަ ދެބަސްވުންތައް ބޮއްސުން ލައިގެން ގޮސް އުމުރު ދުވަހުގެ ދުޝްމަންކަމަށް ބަދަލުވެ އެވެ. މި ލިޔުމުގައި މި ބަލާލަނީ ބޮލީވުޑްގައި އެކުގައި މަސައްކަތް ނުކުރާނެ ބައެއް ހަތުރުންނަށެވެ.

ދީޕިކާ - ކަންގަނާ

ދީޕިކާ - ކަންގަނާ

2014 ވަނަ އަހަރު ދީޕިކާ ޕަދުކޯންއަށް ލިބުނު "ބެސްޓް އެކްޓްރެސް" އެވޯޑް ކަންގަނާ ރަނޯޓްއަށް ހާއްސަ ކުރުން ވެގެންދިޔައީ ޕަބްލިސިޓީ ސްޓަންޓެއްގެ ގޮތުގައި ބަލައިގަނެވުނު ކަމަކަށެވެ. އެކަމުގެ ސަބަބުން ދެތަރިންގެ މެދުގައި އުފެދުނު ކޯޅުން މިއަދާ ހަމައަށް ވެސް ކުރިއަށްދެ އެވެ.

އައިޝްވާރްޔާ - ސޯނަމް

އައިޝްވާރްޔާ - ސޯނަމް

އައިޝްވާރްޔާއާ ރާއީއާއި ސޯނަމް ކަޕޫރުގެ ކޯޅުން ފެށިގެން އައީ ކޮފީ ވިތު ކަރަންގެ ޝޯއެއްގައި އައިޝްވާރްޔާއަށް ނިސްބަތްކޮށް ސޯނަމް "އާންޓީ" އޭ ބުނުމުންނެވެ. އެހިސާބުން އެކުގައި މަސައްކަތް ނުކުރަން ދެތަރިން ވެސް ނިންމި އެވެ.

ބިޕާޝާ - ކަރީނާ

ބިޕާޝާ - ކަރީނާ

2000ގެ އަހަރުތަކުގައި ނުކުތް މަޝްހޫރު ފިލްމެއް ކަމަށްވާ "އަޖްނަބީ"ގެ ސެޓުގައި ބިޕާޝާ ބާސޫއާއި ކަރީނާ ކަޕޫރުގެ މެދުގައި އުފެދުނު ދުޝްމަން ކަމަށް މިއަދާ ހަމައަށް ވެސް އެއްވެސް ބަދަލެއް ނާދެ އެވެ.

އަނުޝްކާ - އަސިން

އަނުޝްކާ - އަސިން

ގާތްގަނޑަކަށް އެކުއެކީގައި ހެން ބޮލީވުޑަށް ތައާރަފްވި އަނުޝްކާ ޝަރްމާއާއި އަސިންގެ މެދުގައި ރުޅިވެރިކަން އުފެދުނީ 2008 ވަނަ އަހަރުގެ ބެސްޓް ޑެބިއުޓް އެވޯޑް އަސިންއަށް ލިބުނު ހިސާބުންނެވެ.

ކަރީނާ - އަމްރިތާ

ކަރީނާ - އަމްރިތާ

ފިލްމް "ވިވާހް"ގައި އަމްރިތާ ރާއޯއާއި އެ ފިލްމުގެ ލީޑު ފިރިހެން ތަރި ޝާހިދު ކަޕޫރުގެ ޖޯޑަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. ނަތީޖާއަކަށްވީ އެ ދުވަސްވަރު ޝާހިދުގެ ލޯބިވެރިޔާ ކަމަށް ބުނެވުނު ކަރީނާއާއި އަމްރިތާގެ މެދުގައި ރުޅިވެރިކަން އުފެދުމެވެ.